އެޗްޑީސީން ބުނީ މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން މިއަދު ކުރިއަށްގެންދާ ބްލަޑް ކޭމްޕަކީ އެ ކުންފުނީގެ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުމުގެ މަގްސަދުގައި ފެށި މަސައްކަތެއް ކަމަށެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފި އެވެ.
އެޗްޑީސީން ބުނީ މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އާ ގުޅިގެން މިއަދު ކުރިއަށްގެންދާ ބްލަޑް ކޭމްޕަކީ އެ ކުންފުނީގެ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުމުގެ މަގްސަދުގައި ފެށި މަސައްކަތެއް ކަމަށެވެ.
އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކޭމްޕް ކުރިޔަށް ދާނެ ކަމަށާއި މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ އެ ހަރަކާތް ކުރިޔަށް ގެންދަނީ ބްލަޑް ބޭންކުގައި ލޭ މަދުވެފައި ހުރިކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކަމަށާއި އެ ކޭމްޕަށް ސްޓާފުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާއިރު، އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ބުނި ގޮތުގައި ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ކޭމްޕްތައް ކުރިޔަށް ގެންދާނެ އެވެ.