ރޭ އަލިފާން ރޯވި އެޕާޓްމެންޓްގައި އުޅޭ ހަތަރު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން

އެންޑީއެމްއޭ އިން ބުނީ އަލިފާން ރޯވީ ތިން ކޮޓަރީގެ އެ އެޕާޓްމެންޓްގެ ސިޓީންރޫމުގައި ކަމަށެވެ. މި ހާދިސާގައި ސިޓީންރޫމަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވީ ނަމަވެސް، އެތަނުގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހ. ފަހިވަހި ގޭގެ ހަތްވަނަ ފްލޯގައި ހުރި އެޕާޓްމެންޓެއްގައި އަލިފާން ރޯވެ، އަނދާފައި -- ފޮޓޯ: އެމްއެންޑީއެފް

ހ. ފަހިވަހި ހަތްވަނަ ފްލޯގެ އެޕާޓްމެންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އެޕާޓްމެންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މާލެ، ބޮޑު ރަސްގެފާނު މަގުގައި ހުރި އެގޭގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައި ވަނީ ރޭ 20:41 އެހައިކަންހާއިރު އެވެ. އެމްއެންޑީއެފްގެ އެހީގައި ވަރަށް އަވަހަށް ވަނީ އެ އަލިފާން ނިއްވާލާފަ އެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފާން ރޯވީ ތިން ކޮޓަރީގެ އެ އެޕާޓްމެންޓްގެ ސިޓީންރޫމުގައި ކަމަށެވެ. މި ހާދިސާގައި ސިޓީންރޫމަށް ވަރަށް ބޮޑެތި ގެއްލުންތަކެއްވީ ނަމަވެސް، އެތަނުގައި ދިރިއުޅޭ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ނަމަވެސް އެ އެޕާޓްމެންޓްގައި ދިރިއުޅޭ ތިން އަންހެނުންނަށާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. 

"މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވޭ. އަދި މިހާރު ޢިމާރާތުގެ މިދެންނެވި ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތް،" އެ އިދާރާއިން ބުންޏެވެ.

ފުލުހުން ރޭ ބުނެފައި ވަނީ މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް، އޭޑީކޭއިން ފަރުވާ ހޯދާފައިވާ ކަމަށެވެ. އެއީ މާ ސީރިއަސް އަނިޔާއެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.