ބޭރު އޮޕަރޭޓަރުންނާއި އޯޓީއޭތަކުން ޓެކްސް ނަގަން ފެށުމުގެ ކުރިން މަޝްވަރާ ކުރަން ޖެހޭ

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިފަދަ ބޮޑު ބަދަލެއް ފާސްކުރުމަށް މަޖިލީހުން ކުރިއަށް ދިއުމުގެ ކުރިން، މިއާ އެއްގޮތް ނިޒާމެއް ހިންގަނީ ސީދާ ކޮން ގައުމުތަކެއްގައިކަން ސާފުވާން ޖެހެ އެވެ.

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް ޕްލެޓްފޯމް (އޯޓީއޭ) ތަކުން ޓެކްސް ނަގަން ފަށަން ތައްޔާރުވާ ބިލަށް ފުޅާކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ސްޕޮންސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ "މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް" ގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފަ އެވެ.

މި ބަދަލާ ބެހޭ  ގޮތުން ފިރާގު ވިދާޅުވެފައިވާ ގޮތުގައި މިހާރު މި ހުށަހެޅުން މަޖިލީހަށް ހުށަހެޅިފައިވާއިރު، ފަތުރުވެރިކަމާއި ޓެކުހުގެ ސިނާއަތްތަކާއެކު މިކަމާ ގުޅޭގޮތުން މިއަށްވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވެން ޖެހޭނެކަމަށް ގަބޫލު ކުރެވެ އެވެ. އަދި މިފަދަ ފިޔަވަޅެއް ތަންފީޒުކުރުމުގެ ކުރިން ޖަވާބުދޭންޖެހޭ މުހިންމު ސުވާލުތަކެއް އެބަހުއްޓެވެ. މިކަމުގައި ކުރިއަށް ދިޔުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން މިކަންކަމަށް ވަރަށް ފަރުވާތެރިކަމާއެކު ވިސްނެވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއާއެކު ފިރާގު ވަނީ މި ބަދަލު ގެނައުމުގެ ކުރިން ސާފުވާން ޖެހޭ ބައެއް ސުވާލުތައްވެސް ހިއްސާ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ގައުމުތަކުގެ އެތެރޭގައި ފޯރުކޮށްދެވޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކުން އެ ގައުމުތަކުން ޓެކްސް ނަގާކަން ގަބޫލު ކުރާ ކަމަށ އެހެންނަމަވެސް، ފަތުރުވެރިޔާ އެންމެ ފަހުން އެ މަންޒިލަށް ދަތުރުކުރާތީކަމަށް ބުނެ، މިނިވަން ބޭރުގެ ޓުއާ އޮޕަރޭޓަރަކަށް ރާއްޖެއިން ބޭރުން ލިބޭ ފައިދާ ނުވަތަ "މާކަޕް" އިން ޓެކްސް ނެގުމަކީ ހަމަ އެފަދަ ކަމެއް ކަމަށް ގަބޫލެއް ނުކުރެެވެ އެވެ.

"ރާއްޖެ އަށް އޮތް މުހިންމު ސުވާލަކީ އެހެން ގައުމުތަކުން ފަތުރުވެރިކަމުން ޓެކްސް ނަގާތޯ ކުރެވޭ ސުވާލެއް ނޫން. އެ ގައުމުތަކުން ޔަގީނުން ވެސް ޓެކްސް ނަގާނެ އަސްލު ސުވާލަކީ، ފަތުރުވެރިކަމުގެ ބޮޑު އެހެން މަންޒިލަކުން، މިނިވަން ބޭރުގެ ޓުއާ އޮޕަރޭޓަރަކު އެ ގައުމަކަށް ފަތުރުވެރިން ފޮނުވާތީ ހަމައެކަނި އެ ސަބަބަށްޓަކައި، އެ އޮޕަރޭޓަރަކު ބޭރުން ހޯދާ މާކަޕް ނުވަތަ ފައިދާއިން ޓެކްސް ނަގާތޯ ކުރެވޭ ސުވާލެއް،" ފިރާގު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިފަދަ ބޮޑު ބަދަލެއް ފާސްކުރުމަށް މަޖިލީހުން ކުރިއަށް ދިއުމުގެ ކުރިން، މިއާ އެއްގޮތް ނިޒާމެއް ހިންގަނީ ސީދާ ކޮން ގައުމުތަކެއްގައިކަމާއި، ޓެކްސް ނެގޭ މިންވަރު އެ ގައުމުތަކުން ހިސާބުކުރަނީ ކިހިނެއްކަމާއި، ބޭރު ކުންފުނިތަކާ ދެކޮޅަށް އެ ގައުމުތަކުން މިކަން ތަންފީޒުކުރަނީ ކިހިނެއްކަމާއި، އަދި ދެ ފަހަރަށް ޓެކްސް ނެގުމުން ރައްކާތެރިވުމަށް އެ ގައުމުތަކުން ފޯރުކޮށްދެނީ ކޮން ރައްކާތެރިކަމެއްކަން އެނގެން ޖެހެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.