މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ.

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކާއި ޖަމިއްޔާއަކަށް މިއަދު އަރުވައިފި އެވެ.
މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ.
މި ޖަލްސާގައި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސް ވަނީ ދެއްވާފަ އެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
މީގެއިތުރުން މި ޖަލްސާގައި، އަލްމަރްހޫމް އިހުސާން ޢަބްދުލްޣަނީގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު ވެސް ވަނީ އަރުވާފަ އެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.