ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އުތީމަށް

މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސްގެ ދެކަނބަލުން ހއ. އުތީމުގައި --

ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހއ. އުތީމަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންނަށް އުތީމުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ގައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން، ބޮޑުތަކުރުފާނު ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ އިތުރުން ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދިވެހި ދައުލަތުގެ އިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވުން ވެސް މި ޖަލްސާގައި ކުރިއަށްދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.