ބޮޑުވަރު | މިއީ ބިލިއަން ޑޮލަރުގެ ޓޫރިޒަމަށް ހެދި "އެއްޗެއް" ؟

މި ޕޯސްޓަރު ޝެއާކޮށް ޓޫރިޒަމް ސިނާއަތުގެ ދުވަސްވީ ތަޖުރިބާރެއް ބުނީ އެންމެ ވާހަކައެކެވެ. "މިއީ ބޮޑު ވަރެވެ" ހަގީގަތަކީ "އައިލެންޑްސް އާ އަސް" އަށް ފުރިހަމައަށް މިކަން ކުރެވެންވާނެ އެވެ.

ޒަމާނުއްސުރެން ފެށިގެން ދުނިޔެ އަށް ރާއްޖެ މަޝްހޫރުވެފައިވަނީ ރީތި ދޮންވެލީގެ ގޮނޑުދޮށާއި ނޫވިލުތައް އަދި ވައިދޭ ހިތްގައިމު މާހައުކެވެ. ނުވަތަ "ސަނީ ސައިޑް އޮފް ލައިފް" އެވެ. އެހެންވެ މިހާތަނަށް ރާއްޖޭގެ މިކަންކަން ދައްކަން ޓޫރިޒަމް މިނިސްޓްރި ނުވަތަ ޓޫރިޒަމް ބޯޑުން ހަދާ ކޮންމެ ތަސްވީރެއްގައި މިކަން ރީތިކޮށް ސިފަކޮށްދެ އެވެ. އެއް ތަސްވީރުން ގިނަ ވާހަކަތަކެއް ކިޔައިދެ އެވެ. ނަމަވެސް މި ފަހުން ޓޫރިޒަމް ނެރުނު ޓެގްލައިން މިވަނީ މިޒާތުގެ ކަންކަން ކުރާނެ މީހުން ނެތީ ތޯ އިންޑަސްޓްރީން ސުވާލު އުފައްދާފަ އެވެ. 

ވިޒިޓް މޯލްޑިވްސް އިން އަންނަ އަހަރު ބޭނުންކުރަން ތައްޔާރު ކުރާ "އައިލެންޑްސް އާ އަސް" ޝިއާރުގެ މި ޕޯސްޓަރު ޝެއާކޮށް ޓޫރިޒަމް ސިނާއަތުގެ ދުވަސްވީ ތަޖުރިބާރެއް ބުނެފައިވަނީ އެންމެ ވާހަކައެކެވެ. "މިއީ ބޮޑު ވަރެވެ" 

ހަމަ ހަގީގަތުގައި މިފަދަ ކަންކަން ކުރުމުން މިއީ ކޮންމެ ދިވެއްސަކު އެއީ ދެން ބޮޑުވަރޭ ބުނާނެ އެވެ. މި ވާހަކަ ވަރަށް ތިލަކޮށް ދައްކަވަމުން އިނަ މޯލްޑިވްސް މުހައްމަދު ފިރާގު ޓޫރިޒަމާއި ސިވިލް އޭވިއޭޝަން އެއްކޮށް ހިންގާ މިނިސްޓަރު ކެމްޓަން މުހައްމަދު އަމީން އަށް ރައްދުވާ ގޮތަށް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން އާއި ޓެގްލައިންތަކާ ގުޅޭގޮތުން ނިންމުމެއް ނިންމުމުގެ ކުރިން، ވިޒިޓް މޯލްޑިވްސް ކޮމިޓީ އަށް "ޕެރަސެޓަމޯލް" އާއި "ޕެނަޑޯލް" ބޭނުންވެދާނެ ކަމަށް ފެނެ އެވެ. އެންމެ ފަހުން ނެރުނު ޓެގްލައިނުން އެކަނި ވެސް ދޭހަވަނީ، އެމީހުން ސިއްހީ ފަރުވާއެއް ބޭނުންވެފައިވާ ތަނެވެ. 

"އައިލެންޑްސް އާ އަސް" އަށް ފިރާގު ތައްޔާރު ކުރި ޕޯސްޓަރު

"މިއީ ވަރަށް ހަނި ވިސްނުމަކުން ކުރާ ކަމެއް ކަމަށް ފެނޭ. ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ ބްރޭންޑެއް، މި ބްރޭންޑްގެ ކުރިމަގަށް ޕްރޮފެޝަނަލް ފަންނީ ތަޖުރިބާކާރުން ހައްގުވެރިން. މިފަދަ މުހިންމު އުފެއްދުންތެރި ނިންމުންތައް މުޅިން މިފަދަ ކޮމިޓީއަކަށް ދޫކޮށްލުމުގެ ބަދަލުގައި، ފެންވަރު ރަނގަޅު ގާބިލް ބްރޭންޑިން ޓީމަކުން ކޮންސެޕްޓްތައް ތައްޔާރުކޮށް ފާސްކުރުމަށް ހުށަހަޅަން ޖެހޭ،" ފިރާގު ވިދާޅުވެފައިވެ އެވެ. 

މި ވާހަކަ ދެން ބާއްވާށެވެ. އިއްޔެ ރާއްޖޭގައި ފާހަގަކުރި ފަހުރުވެރި ގައުމީ ދުވަހު ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ މިފަދަ ކަމެއްކޮށްފަ އެވެ. ގައުމީ ދުވަސް ފާހަގަ ކުރަން އޭއައި ބޭނުންކޮށްގެން ހެދި ފޮޓޯއިން ދިވެހި އެއްވެސް ސިފައެއް ނުފެނެ އެވެ. ސޯޝަލް މީޑި އާއަށް ދޫކޮށްލި ދޯނީގެ ރިޔާ އިނީ ދިމާ އިނދިކޮށެވެ. އޭގައި އިންގޮތުންނަމަ ވައި ޖެހުމުން އޮޑި ދުވާނީ ފަހަތަށެވެ. 

ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ ޓީމަކުން ތައްޔާރުކޮށް މިނިސްޓަރު އެޕްރޫވްކޮށް ނެރޭ މިފަދަ މަސައްކަތްތަކަކީ ދިވެހިންނަށް ރީތިނަން ލިބޭ އެއްޗިއްސަށް ވާންޖެހެ އެވެ. އެހެންނޫނީ ބޯޑުތަކާއި ވެރިން ތިބުނު ބޭނުމަކީ ކޮބައި ހެއްޔެވެ؟   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.