ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނުކޮށް، ޝާހިދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދީފި

"އަޅުގަނޑު ވާނީ މުޅި ގައުމުގެ ލާބަޔާ މަސްލަހަތު އިސްކޮށް، ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ހަމަހަމަ ފުުރުސަތު އޮތް ސާދާ ވެރިކަމެއް ކޮށްދޭނެ މީހަކަށް، ރައްޔިތުންގެ ހާދިމަކަށް،" ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދު: އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައި --

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި، އެމްޑީޕީގެ ރައީސްކަމުން ކުރީގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ޝާހިދު އިއުލާނު ކުރެއްވީ އައްޑޫ ސިޓީ ހިތަދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގަ އެވެ. 

އަދި ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިހާބެއްގައި ވާދަކުރެއްވުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވާކަން ވެސް ޝާހިދު ވަނީ އިއުލާނުކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވަން ނިންމެވީ ޕާޓީއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށެވެ. 

އަދި ޕާޓީގެ ތެރެއިން ހުރިހާ ފިކުރެއްގެ މެންބަރުންނާއެކު އޭނާއަށް މަސައްކަތް ކުރެއްވޭނެ ކަމަށާއި، އޭނާއަކީ ގައުމުގެ ލާބައާއި މަސްލަހަތު އިސްކޮށް، އިންސާފަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ވާނީ މުޅި ގައުމުގެ ލާބަޔާ މަސްލަހަތު އިސްކޮށް، ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް އިންސާފުވެރި ހަމަހަމަ ފުުރުސަތު އޮތް ސާދާ ވެރިކަމެއް ކޮށްދޭނެ މީހަކަށް، ރައްޔިތުންގެ ހާދިމަކަށް،" ޝާހިދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ޝާހިދު ވަނީ ޕާޓީގެ މެންބަރުންގެ ތާއީދަށް ވެސް އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އިއުލާނު ކުރައްވާފަ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ވެސް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ޕާޓީގެ ބައެއް މެންބަރުން ވަނީ މައުލޫމާތު ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.