އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާއި، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރު ވެގެންދާނީ މުޅި ރާއްޖޭގައި މިހާރު ހިނގަމުންދާ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ މިއަދުގެ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ހިނގަމުންދާ ބައެއް މަޝްރޫއުތައް މިއަހަރު ވެސް ނިންމާނެ ކަމަށެވެ. ނަމަވެސް އެންމެ ގިނަ މަޝްރޫއު ނިންމާލެވޭނީ އަންނަ އަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ދުވެލި މަޑުޖެހިފައި އޮތްކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ކުރިމަތިލާން ޖެހުނު އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަނެވި، މާލަސްތަކެއްނުވެ އެ މަޝްރޫއުތަކުގެ ވެސް އަމަލީ މަސައްކަތްތައް އަލުން ފެށިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
އަދި މި މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކިވަކި ދާއިރާތައް ހިމެނޭހެން ތާވަލުކުރެވިގެން ކަމަށާއި، 2028 ވަނަ އަހަރުގެ ތެރޭގައިވެސް ބައެއް މަސައްކަތްތައް ނިމިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތެއް ތަންފީޒުކުރެއްވިކަމުގައި ވީ ނަމަވެސް، ވަކި ފެންވަރެއްގައި ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށެއްގައި ވެސް ލިބެންޖެހޭނެ ވަކި ހިދުމަތްތަކެއް ހުންނަ ކަމަށާއި، މިމޭރުމުން ކުރިއަށްގެންދެވޭ މަސައްކަތްތައް ވެސް ހިނގަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޕޮޑްކާސްޓްގައި ރައީސް ވަނީ ތަރައްގީގެ ރޭހުގައި މިހާރު ކުރިއަށްދާ މުހިންމު، ގިނަ މަޝްރޫއުތަކެއްގެ އަދާހަމަ ހިއްސާކުރައްވާފަ އެވެ. އެގޮތުން، ޒަމާނީ ފެންވަރުގެ ކައުންސިލް އިދާރާތައް އެޅުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތްތައް ނިންމައި، 2027 ވަނަ އަހަރުގެ މެދަކާ ހިސާބުގައި އެ ތަންތަނުގެ ބޭނުން ހިފޭނެކަމުގެ އުންމީދު އޮތްކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
މީގެ އިތުރުން، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ވެސް އެކަމުގައި އިގްތިސޯދީ އަދި އިޖުތިމާއީ ފައިދާތައް އެކުލެވޭ މަޝްރޫއުތަކެއްކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރަނގަޅު ގޮތެއްގައި ކުރެވިއްޖެނަމަ، މިއީވެސް ދެކޮޅުޖެހޭނެ މަޝްރޫއު ތަކެއް ކަމަށް ވިދާޅުވި އެވެ.
ތިލަމާލެ ބުރިޖު ވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި، ބޮޑެތި ސިޓީތަކުގައި ކުރިއަށްދާ ބޮޑެތި މަޝްރޫއުތައް ވެސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.