އިންޝުއަރެންސްގެ އާންމު މާއްދާތަކާއި ރިސްކުތަކާ ބެހޭ ގަވާއިދަށް ހިޔާލު ހުށަހަޅަން ފުރުސަތު

މި ގަވާއިދުތަކަށް އެއްވެސް ޚިޔާލެއް ދޭން ބޭނުންވާނަމަ insurance@mma.gov.mv އަށް 18 އޮގަސްޓު 2026ގެ 13:00ގެ ކުރިން އީމެއިލް ކުރުމަށް އެދިފައިވެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ

ދިވެހިރާއްޖޭގެ އިންޝުއަރެންސްއާބެހޭ ގާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ މުހިންމު ދެ ގަވާއިދެއްގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލު ހޯދުމަށް އެ އޮތޯރިޓީން ހުޅުވާލައިފިއެވެ.

އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފައިވާ ދެ ގަވާއިދަކީ 'އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު އަދި 'އިންޝުއަރެންސް (ޢާންމު މާއްދާތަކުގެ) ގަވާއިދެވެ. މި ދެ ގަވާއިދު ވެސް އެކުލަވާލައިފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޝުއަރެންސް ކުންފުނިތަކާއި އެހެންވެސް ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށްފަހުގައި ކަމަށް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ. 

އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވައިދުގައި ހިމެނޭ ބައިތައް

ސޮލިސިޓްކުރެވޭ ދާއިރާ - އިންޝުއަރެންސް ކުންފުނިތަކަށާއި، ބްރޯކަރުންނަށް އަދި އޭޖެންޓުންނަށް އިންޝުއަރެންސް ވިޔަފާރި ޕްރޮމޯޓްކޮށް ސޮލިސިޓްކުރެވޭނެ ދާއިރާތައް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

ލައިސަންސް ދޫކުރުމާއި ޝަރުޠުތައް - ލައިސަންސް ދޫކުރާއިރު ޕޮލިސީހޯލްޑަރުން ޙިމާޔަތްކުރުމަށާއި އިންޝުއަރެންސް ދާއިރާގެ ހަރުދަނާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރިޢާޔަތްކުރާނެއެވެ. އަދި ކުންފުނީގެ މާލީ ޙާލަތަށާއި ރިސްކް މެނޭޖްމަންޓަށް ބަލައި ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

ރައުސްމާލާއި ސެކިއުރިޓީ ޑިޕޮސިޓް - ކޮންމެ އިންޝުއަރެންސް ކުންފުންޏަކުންވެސް އެ ފަރާތަކުންކުރާ ކޮންމެ ބާވަތެއްގެ އިންޝުއަރެންސް ވިޔަފާރިއަކަށް 2,000,000 (ދެމިލިއަން) ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންވާނެއެވެ.

އިންޝުއަރެންސް ފަންޑު - އިންޝުއަރެންސް ފަންޑަށް ލިބޭ ފައިސާއާއި އެސެޓްތައް ވަކިން ބެލެހެއްޓުމަށާއި، އެ އެސެޓްތައް ބޭނުންކުރަންވާނީ ހަމައެކަނި އެ ފަންޑަކާ ގުޅޭ ލަޔަބިލިޓީތަކަށްކަން ކަނޑައަޅާފައިވެއެވެ.

ބްރޯކަރުންނަށް ލައިސަންސް ދިނުން - ބްރޯކަރުންގެ ލައިސަންސަށް އެދޭއިރު އެފަރާތެއްގެ މާލީ ޙާލަތާއި، ބިޒްނަސް ޕްލޭނާއި އަދި ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކަމަށް ބަލާނެއެވެ. ލައިސަންސަށް އެދޭ ފަރާތެއްގެ ނަމުގައި ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ 5 އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ ޙިއްޞާ އޮވެގެން ނުވާނެއެވެ. އަދި ވިޔަފާރި ހިންގުމަށް ދިވެހިރާއްޖޭގައި އޮފީހެއް ޤާއިމުކޮށް، ފުލްޓައިމް މުވައްޒަފުން ތިބެންވާނެއެވެ.

އޮންސައިޓް އިންސްޕެކްޝަން - ކުންފުނީގެ މާލީ ޙާލަތު ދަށަށް ދާކަމަށް ނުވަތަ ގަވަރނަންސް ހީނަރުވާކަމަށް އޮތޯރިޓީއަށް ބެލެވިއްޖެނަމަ، އެތަނަކަށް ގޮސް އިންސްޕެކްޓް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

އިދާރީ ފިޔަވަޅުތައް - ޤާނޫނާ ނުވަތަ ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މިގޮތުން ފިޔަވަޅު އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށް މަދުވެގެން 15 ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ. އަދި ޖޫރިމަނާ ކަނޑައެޅުމުގައި ޚިލާފުވި މުއްދަތަށާއި، ލިބިދާނެ ގެއްލުމަށާއި، މާލީ ފައިދާއަށް ރިޢާޔަތްކުރާނެއެވެ.

އިންޝުއަރެންސް (ރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު

ގަވާއިދުގެ މަޤްސަދު - މިއީ ދިވެހިރާއްޖޭގައި ހުރި ރިސްކުތައް ކަނޑައެޅުމާއި، އެ ރިސްކުތައް ކަވަރކުރުމަށްޓަކައި ރާއްޖޭގައި ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއް ނޫން ފަރާތަކުން އިންޝުއަރެންސް ނެގުމަށް އިސްތިސްނާ ދެވޭނެ ގޮތްތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. ދިވެހިރާއްޖޭގައި ހުރި ރިސްކުތައް ކަމުގައި ބެލެވޭ ކަންކަން:ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހުރި އުފުލޭ އަދި ނުއުފުލޭ މުދަލަށް ކުރިމަތިވާ ރިސްކުތައް. 

ދިވެހިރާއްޖޭގައި ދިރިއުޅޭ ފަރުދުންނާ ގުޅޭ ރިސްކުތައް - މީގެ ތެރޭގައި ދިވެހި ރައްޔިތުންނާއި، ވާރކް ވީޒާ އޮންނަ މީހުންނާއި، އަދި އެހެނިހެން ވީޒާތަކުގައި އިންޝުއަރެންސް ނަގަން ގަސްތުކުރާ ތާރީޚުގެ ކުރިން 90 ދުވަހު ރާއްޖޭގައި އުޅެފައިވާ މީހުން ހިމެނެއެވެ. 

ލައިސަންސް ދޫކުރުމާއި ޝަރުޠުތައް - ލައިސަންސް ދޫކުރާއިރު ޕޮލިސީހޯލްޑަރުން ޙިމާޔަތްކުރުމަށާއި އިންޝުއަރެންސް ދާއިރާގެ ހަރުދަނާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ރިޢާޔަތްކުރާނެއެވެ. އަދި ކުންފުނީގެ މާލީ ޙާލަތަށާއި ރިސްކް މެނޭޖްމަންޓަށް ބަލައި ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.  

ރައުސްމާލާއި ސެކިއުރިޓީ ޑިޕޮސިޓް - ކޮންމެ އިންޝުއަރެންސް ކުންފުންޏަކުންވެސް އެ ފަރާތަކުންކުރާ ކޮންމެ ބާވަތެއްގެ އިންޝުއަރެންސް ވިޔަފާރިއަކަށް 2,000,000 (ދެމިލިއަން) ރުފިޔާ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަންވާނެއެވެ.  

އިންޝުއަރެންސް ފަންޑު - އިންޝުއަރެންސް ފަންޑަށް ލިބޭ ފައިސާއާއި އެސެޓްތައް ވަކިން ބެލެހެއްޓުމަށާއި، އެ އެސެޓްތައް ބޭނުންކުރަންވާނީ ހަމައެކަނި އެ ފަންޑަކާ ގުޅޭ ލަޔަބިލިޓީތަކަށްކަން ކަނޑައަޅާފައިވެއެވެ.   

ބްރޯކަރުންނަށް ލައިސަންސް ދިނުން - ބްރޯކަރުންގެ ލައިސަންސަށް އެދޭއިރު އެފަރާތެއްގެ މާލީ ޙާލަތާއި، ބިޒްނަސް ޕްލޭނާއި އަދި ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކަމަށް ބަލާނެއެވެ. ލައިސަންސަށް އެދޭ ފަރާތެއްގެ ނަމުގައި ލައިސަންސް ލިބިފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ 5 އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ ޙިއްޞާ އޮވެގެން ނުވާނެއެވެ. އަދި ވިޔަފާރި ހިންގުމަށް ދިވެހިރާއްޖޭގައި އޮފީހެއް ޤާއިމުކޮށް، ފުލްޓައިމް މުވައްޒަފުން ތިބެންވާނެއެވެ.  

އޮންސައިޓް އިންސްޕެކްޝަން - ކުންފުނީގެ މާލީ ޙާލަތު ދަށަށް ދާކަމަށް ނުވަތަ ގަވަރނަންސް ހީނަރުވާކަމަށް އޮތޯރިޓީއަށް ބެލެވިއްޖެނަމަ، އެތަނަކަށް ގޮސް އިންސްޕެކްޓް ކުރުމުގެ ބާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.  

މި ގަވާއިދުތަކަށް އެއްވެސް ޚިޔާލެއް ދޭން ބޭނުންވާނަމަ insurance@mma.gov.mv އަށް 18 އޮގަސްޓު 2026ގެ 13:00ގެ ކުރިން އީމެއިލް ކުރުން އެދެމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.