ހަނގުރާމައަށްފަހު އީރާނު އާރާސްތު ކުރުން އަވަސްކަމުން އިސްރާއިލަށް ހައިރާންކަން

އީރާނުގެ އަސްކަރީ ބާރުވެރިކަން އަނބުރާ އިއާދަކުރަމުންދާ ހަލުވި ދުވެލީގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާ މޮސާޑުގެ އޮފިޝަލުން ވަނީ ކުއްލި ހައިރާންކަމެއް ލިބިފަ އެވެ.

އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ -- އޭޕީ

ހަނގުރާމައަށްފަހު އީރާނުގެ އަސްކަރީ ބާރުވެރިކަން އަނބުރާ އިއާދަކުރަމުންދާ ހަލުވި ދުވެލީގެ ސަބަބުން އިސްރާއީލުގެ އަސްކަރިއްޔާ އާއި ޖާސޫސީ އިދާރާ މޮސާޑުގެ އޮފިޝަލުންނަށް ކުއްލި ސިހުމެއް ލިބިއްޖެ އެވެ. 

އެޕްރީލް މަހު ހަނގުރާމައިގެ ބޮޑުބައި ނިމުނުތާ ހަތަރު މަސް ފަހުން، އެކި ދާއިރާތަކުން، ޚާއްސަކޮށް ބެލިސްޓިކް މިސައިލް އުފެއްދުމުގެ ދާއިރާއިން އީރާނުން ވަރަށް އަވަސް ކުރިއެރުން ތަކެއް ހޯދަމުންދާކަން އިސްރާއީލުގެ އަސްކަރިއްޔާ އަށް ވަނީ ފާހަގަކުރެވިފަ އެވެ. މިއީ ހަނގުރާމައިގައި އީރާނަށް ދިން ބޮޑެތި ގެއްލުންތަކަށް ބަލައި އޮފިޝަލުން އަންދާޒާކޮށްފައިވާ ކަމެއް ނޫނެވެ.

މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޙަމަލާތަކަށްފަހު އީރާނުން އަލުން ކޮޅަށް ތެދުވާ މިންވަރާމެދު އިސްރާއީލުގެ އަންދާޒާތައް ގޯސްވި ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިން ޙަމަލާތަކަށާއި، 2025 ވަނަ އަހަރުގެ ޖޫން މަހު އީރާނުގެ މިސައިލް އަދި ސިނާއީ 100 އެއްހާ އަމާޒަށް ދިން ބޮޑެތި ޙަމަލާތަކަށްފަހުވެސް އީރާނުން ވަނީ ވަރަށް އަވަހަށް ބެލިސްޓިކް މިސައިލް އުފެއްދުން އަލުން ފަށާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2025 ގެ ޖޫން މަހު 1،300 ގައި ހުރި މިސައިލް ސްޓޮކް، 2026 ގެ ފެބްރުއަރީ އާ ހަމައަށް އައިއިރު 2،500 އަށް ވަނީ އިތުރުވެފައެވެ.

ހަނގުރާމައިގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން 30،000 އެއްހާ ޙަމަލާދީ، އީރާނުގެ 2،600 އަށްވުރެ ގިނަ އަމާޒުތަކަށް ބޮމުގެ ޙަމަލާ ދީފައިވެ އެވެ. އޮފިޝަލުން އޭރު ލަފާކުރީ މި ޙަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާ އެތައް އަހަރެއް ފަހަތަށް ސޮއްސައިގެން ދާނެ ކަމަށެވެ. އަދި އީރާނުގެ އަސްކަރީ ސިނާއަތުގެ ކުދިބޮޑު ހުރިހާ ބައެއް އެއްކޮށް ފުނޑުފުނޑުވެފައިވާ ކަމަށްވެސް އިސްރާއީލުގެ އޮފިޝަލުން މީގެ ކުރިން ހީބްރޫ މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.