މި ސަރުކާރު ދެމިއޮތްހާ ދުވަހަކު ޑޮލަރުގެ އަގު ދަށެއް ނުވާނެ : ނަޝީދު

އެމްޑީޕީއިން މާލޭގެ ބައެއް މަގުތަކުގައި މިރޭ ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ނަަޝީދު ވިދާޅުވީ މި ސަރުކާރު ދެމިއޮތްހާ ހިނގަކު ޑޮލަރު އަގު ދަށްވާނެ ކަމަށް ބުނަން ދަތި ކަމަށެވެ

ނަޝީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދެމިއޮތްހާ ހިނދަކު ޑޮލަރުގެ އަގު ދަށްނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

"ދަތިވެއްޖެ" ނަމުގައި އެމްޑީޕީއިން މާލޭގެ ބައެއް މަގުތަކުގައި މިރޭ ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ނަަޝީދު ވިދާޅުވީ މި ސަރުކާރު ދެމިއޮތްހާ ހިނގަކު ޑޮލަރު އަގު ދަށްވާނެ ކަމަށް ބުނަން ދަތި ކަމަށެވެ.އަދި ޑޮލަރުގެ މި ސަރުކާރަށް އަންދާޒާ ކުރެވެން ނެތް ކަމަށާ އެކަން އަންދާޒާކޮށް އާއްމުންނާ ހިއްސާ ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ރާއްޖޭން ޑޮލަރަށް ކުރަން ޖެހޭ ހަރަދު ބޮޑު. ތެލަށް އެކަނި 100 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ދަރަނި ދައްކަން ރިޒާވްގައި ހުރި ޑޮލަރު ނެގުމުން ރާއްޖޭގައި މިހާރު ޑޮލަރު ނެތް ކަމަށެވެ. އަދި ޑޮލަރުގެ އަގު މަތިވާ ވަރަކަށް ތަކެތީގެ އަގުތައް މަތިވަމުންދާ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.