ފާއިޒުގެ ޝަކުވާ ރައީސަށް | ވީލްޗެއާގައި އުޅޭތީ މިސްކިތަކަށް ނުވައްދާ

ވީލްޗެއާގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފާއިޒު ކިޔައިދިން ގޮތުގައި ވީޗެއާ ނުވެއްދޭ މައްސަލާގައި މިހާރު ޖަމާއަތުގައި މިސްކިތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ.

ފާއިޒު ޝަކުވާ ރައީސް ޑރ، މުހައްމަދު މުއިއްޒަށް ހުށަހަޅަނީ -- ރައީސް އޮފީސް

ފާއިޒު ވެސް އާއްމު އެހެން މީހުންނެކޭ އެއްފަދައިން ބަންގީގެ އަޑާއެކު އެ ދުވަހު ދިޔައީ މިސްކިތަކަށެވެ. ނަމަވެސް އޭނާ މިސްކިތުގެ ތެރެއަށް ވަދެވޭ ގޮތެއް ނުވި އެވެ. މިސްކިތް ބަލަހައްޓާ މީހުން އޭނާ ނުވެއްދީ ވީލްޗެއާ މިސްކިތުގެ ތެރެއަށް ވެއްދުމުން މިސްކިތް ހަޑިވާނެތީ އެވެ. ފާއިޒު މި ޝަކުވާއެކު މިއަދު އެ ވަނީ ރައީސް އޮފީހަށެވެ.

ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް ކުރިއަށް ގެންދަވާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރައީސް ޑރ. މުހައްމަދު މިއަދު ފެއްޓެވި ޕްރޮގްރާމުގެ ފާއިޒު ވަނީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކޮށް އޭނާއަށް ދަތިވި ކަންތައްތަކުގެ ވާހަކަ ކިޔައިދީފަ އެވެ. 

ފާއިޒް ބުނި ގޮތުގައި މާލޭގައި ހުންނަ ސޮލާހުއްދީން މިސްކިތުގެ އިތުރުން ހުޅުމާލޭގައި އާރުސީސީއިން އެންމެފަހުން ހުޅުވި މިސްކިތަކުން ވެސް އޭނާއާ މެދު އަމަލުކުރީ ހަަމަ އެގޮތަށެވެ. 

"އެހެންވެ މިހާރު މިސްކިތަކަށް ނުދަން. ގޭގަ ނަމާދު ކުރަނީ،" ފާއިޒު ކިޔައިދިނެވެ.  

މީގެ އިތުރުން ފާއިޒު ވަނީ ވީލްޗެއާގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ގިނަ މައްސަލަތަކެއްގެ ޝަކުވާ ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. މިގޮތުން ބަހަށް އަރަން ހުރި ދަތިތަކާއި ހޮސްޕިޓަލުން ކުރިމަތިވާ މައްސަލަތައް އަދި ވީލްޗެއާ ގެންނަން ހާއްސަ ވެހިކަލް ނެތުމުގެ މައްސަލަވެސް ހިމެނެ އެވެ. 

ރައީސް ޑރ. މުއިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ބައެއް ވާހަކަތައް ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ރައްޔިތުންގެ އަޑުގެ ފުރަތަމަ އެޕިސޯޑް މިރޭ މީސް މީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރިވިސް މީޑިއާ މެދުވެރިކޮށް ދުރަށްދައްކާފައެވެ.

މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް މިހާތަނަށް ނަން ނޯޓުކުރެއްވި ފަރާތްތަކާއި ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަމާމެދު މަޝްވަރާކުރައްވައި، އެފަރާތްތަކުގެ އެކިއެކި ބޭނުންތަކަށް ސަރުކާރުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވާ އެކަންކަމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކޮށްދެއްވާފައެވެ.

ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގައި އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. މި ސިލްސިލާގެ ދެވަނަ ބުރުގައި ފުރުސަތު ހުޅުވާލައްވާފައި ވަނީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންނަށެވެ. އަދި މި ސިލްސިލާގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ފުރުޞަތު ހުޅުވާލައްވާފައެވެ.

ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިޢުލާންކުރައްވާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.