ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި، އެމްޑީޕީން ވާދަ ކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި، އިއްޔެ އާއި މިއަދު ބޭއްވި ބައެއް ބައްދަލުވުންތަކުގައި، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާކަން ރައީސް ސޯލިހު ވަނީ ބައެއް ފަރާތްތަކާ ހިއްސާ ކުރައްވާފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވަ އެވެ.
ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނު ކުރައްވާފައެއް ނުވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އިއުލާނު ކުރައްވާފަ އެވެ. އޭނާއަށް ތާއީދު ކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފަ އެވެ.