ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓަށް ވަނީ ތިން ފަނޑިޔާރުން އައްޔަނު ކޮށްފަ އެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަސް ބޭފުޅަކު މިއަދު އައްޔަނު ކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓަށް ވަނީ ތިން ފަނޑިޔާރުން އައްޔަނު ކޮށްފަ އެވެ.
ސިވިލް ކޯޓަށް އައްޔަނު ކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ، ރީލްމަންޒިލް، މުހައްމަދު ނިޝާތު އަދި ރ. ހުޅުދުއްފާރު ރޯޒްވިލާ،އާސިޔާ އަޒިމާ އެވެ.
މި ދެބޭފުޅުންގެ ތެރެއިން ނިޝާތަކީ ޝަރުއީ ދާއިރާގައި 15 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓާނީގެ މަގާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ބާ ކައުންސިލްގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
އާސިޔާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަހާމާއި ލީގަލް އެފެއާޒްގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމު ފުރުވާފައިވާ ބޭފުޅެކެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓަށް މިއަދު އައްޔަނު ކޮށްފައި ވަނީ؛
އޭގެތެރެއިން ސުލައިމާނަކީ ފާދިއްޕޮޅު ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމާއި، ފާދިއްޕޮޅު ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ޝަރުއީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ތައުފީގު ވަނީ އެޓާނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓާނީގެ މަގާމާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އަދި ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު ފުރުއްވާފަ އެވެ.
މުހައްމަދު އަބްދުﷲ ވެސް ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމު އަދާކުރައްވާފަ އެވެ.