އޭނާ ވިދާޅުވި ގޮތުގައި މިއީ ދައުލަތަށް ހިދުމަތް ކުރުމުގެ ބާބު ނިންމަން ރަނގަޅު ވަގުތެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމް ވެސް އަދާ ކުރައްވާފައިވާ ފައިރޫޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ވިސްނުމަށް ފަހު އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ.
މިއީ ދައުލަތަށް ހިދުމަތް ކުރުމުގެ ބާބު ނިންމާލަން ރަނގަޅު ދަނޑިވަޅު ކަމަށް ފައިރޫޝް ވިދާޅުވި އެވެ.
ފުލުހުންގެ އިސް މަގާމްތައް އަދާ ކުރެއްވުމަށް ފަހު ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރު އެވެ.
އޭގެ ފަހުން ސިޔާސީ މަސައްކަތަށް ނުކުންނެވުމުމަށް ފަހު ޕީއެންސީ ވެރިކަމަށް އައުމާއެކު އޭނާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެވެ.
އަދި އޮކްޓޯބަރު 2024 ގައި އޭނާ ހޯމް މިނިސްޓްރީ އަށް ބަދަލު ކުރި އެވެ.