އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.

ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އަނެއްކާވެސް އިއުލާނު ކޮށްފި އެވެ.
ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަކީ، މި ސަރުކާރުން ވެފައިވާ ރިޔާސީ ވައުދެކެވެ. އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އެކަމަށް އެދި އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، ބަލައިގަނެވޭނީ އެ މުއްދަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ޕްރޮޕޯސަލް އެކަނި ކަމަށެވެ. ޕްރޮޕޯސަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
ދަރަވަންދޫ އެއާޕޯޓަކީ މީގެ 14 އަހަރު ކުރިން، 2012 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ. އެ އެއާޕޯޓު އަޅާފައި ވަނީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. އެ އަތޮޅަށް އަންނަ ފަތުރުވެރިންނާއި އަދި އެނޫންވެސް ގިނަ ބަޔަކު އެ އެއާޕޯޓް ބޭނުން ކުރެ އެވެ.