މިއީ އިގްތިސޯދު އެހެންހަރުފަތަކަށް ގެންދަން ހުރި ހުރަސް ނެތިގެންދާނެ ކަމެއް

ރައީސް ޑރ. މުއިއްޒު ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހު މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ސައީދު ވިޔަފާރި ބަނދަރު މަޝްރޫއު ބަލަވައި ލައްވަނީ -- އިކޮނޮމިކް މިނިސްޓްރީ

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ އިގްތިސޯދު އެހެންހަރުފަތަކަށް ގެންދަން އެޅފައިވާ ހުރަސް ނެތިގެންދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ބައެއް ވިޔަފާރިވެރިންނާއެކު ތިލަފުއްޓަށް ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލަހައްވައި ލައްވަން ކުރެއްވި ޒިޔާޔަތަށްފަހު މިނިސްޓަރު ސައީދު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި، ވަށާޖެހޭ ޖުމްލަ ހައްލެއް ބަނދަރެކެވެ. އަދި މި ބަނދަރާއި ގުޅިފައިވާ މުޅިނިޒާމަށް ގެނައުމަކީ ރަޢީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްމެ މުހިއްމު އެއް ވަޢުދު އަދި އެމަނިކުފާނު ވިދާޅުވެފައިވަނީ މި މަސައްކަތް ނޮވެމްބަރު 2027ގެ ކުރިން ނިންމަން ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން މަށެވެ. 

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މިކަމުގެ ނަތީޖާ އަކަށްވާނީ ބަނދަރުން ޒަމާނީ އަދި އަވަސް ޚިދުމަތް ތަކެއްލިބުމުގެ އިތުރުވެ، ރާއްޖޭގެ އިޤްތިސާދު އެހެންހަރުފަތަކަށް ގެނދިއުމުގައި އެޅިފައިވާ ބޮޑުއެއް ހުރަސް ނެތިގެން ދިއުމެވެ. 

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.