މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި މާލެ އުތުރުދާއިރާގެ މެންބަރު ހުސެއިން ފުރުޝާން ހުށަހަޅާފައިވަނީ މަރާމާތު ކުރަން ސަރުކާރުން ހަވާލުވެފައިވާ ތަންތަން ހަވާލުވިތާ ދޮޅު އަހަރު ވެފައިވާއިރުވެސް އެތަންތަން ނުނިމޭތީ ހަވާލު ކުރުމަށެވ

މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާ ސަލްޓަން ޕާކް އާއި ރަންފަންނު މިރޭގެ ނިޔަލަށް ސިޓީ ކައުންސިލާ ހަވާލު ކުރަން އެ ކައުންސިލުން ފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ކައުންސިލްގެ މާލެ އުތުރުދާއިރާގެ މެންބަރު ހުސެއިން ފުރުޝާން ހުށަހަޅާފައިވަނީ މަރާމާތު ކުރަން ސަރުކާރުން ހަވާލުވެފައިވާ ތަންތަން ހަވާލުވިތާ ދޮޅު އަހަރު ވެފައިވާއިރުވެސް އެތަންތަން ނުނިމޭތި މިރޭގެ ނިޔަލަށް އެ ތަންތަން ސިޓީ ކައުންސިލާ ހަވާލު ކުރުމަށެވެ. މި ހުށަހެޅުން އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ އެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މެންބަރު އާދަމް އާޒިމް ވިދާޅުވީ ރަންފަނުގެ މަސައްކަތް ސަރުކާރުން ފެށީ އެތަން މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށް އެފަރާތުން އެތަނަށް ވަންނަން "ކަޅުދާ" ވެސް ޖަހާފައި ވަނިކޮށެވެ. އަދި އެކަން ކުރި ސަބަބެއްގެ ގޮތުގައި މޭޔަރު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕޭންއާ ދިމާކޮށް އޭނާއަށް ލިބެމުންދިޔަ ތާއީދުގެ ސަބަބުންނެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކޮންމެ މަސައްކަތެއްވެސް ފެށޭނެ ތާރީހަކާއި ނިމޭނެ ތާރީހެއް އޮންނަންވާނެ އެވެ. ނަމަވެސް ސަރުކާރުން ރަސްފަންނާއި ސަލްޓަން ޕާކުގެ މަސައްކަތް ކުރަނީ އެގޮތަކަށް ނޫނެވެ.
"މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ދަތިވޭ. ޝަކުވާ މި އަންނަނީ އަޅުގަނޑުމެންނަަށް،" އާޒިމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ރަސް ފަންނުގެ ބޭރުތޮށި ވެސް ރަނގަޅުކޮށްފަ އެވެ. އަދި ވެލި އަޅައި އެތަނުގައި ހުރި ހަޓުތައްވެސް ހަދާފަ އެވެ. މީގެ އިތުރުން އެމްޕީއެލްއިން ވަނީ އެތަނުގައި ފާހާނާ ބަރިއެއް ވެސް ހަދާފަ އެވެ. އަދި ސަންޓަން ޕާކުވެސް ބޮޑު މަރާމާތެއްކޮށްފައިވެ އެވެ.