ސަބްސިޑީ އާއި އިދާރީ ޚަރަދު ބޮޑު، ރިކަރަންޓް ހޭދަ 23.9 ބިލިއަނަށް

'ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން މި އިތުރުވުމަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 19.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު % 20.2 ގެ ބޮޑު އިތުރުވުމެކެވެ.

އެސްޓީއޯ ކާޑު ގުދަނުގައި ހުރި ބަސްތާތަކެއް: ކާޑުގެ ސަބްސިޑީ ބޭނުންވާ މީހުންނަށް ދޭން ޖެހޭ

މިއަހަރުގެ މިހާތަނަށް ސަބްސިޑީއާއި ސަރުކާރު ހިންގުމުގެ އިދާރީ ޚަރަދުތައް ބޮޑުތަނުން އިތުރުވެ، ދައުލަތުގެ ރިކަރަންޓް ހޭދަ 23.9 ބިލިއަން ރުފިޔާއަށް އުފުލިއްޖެ އެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ 'ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން މި އިތުރުވުމަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 19.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު % 20.2 ގެ ބޮޑު އިތުރުވުމެކެވެ.

ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރި ހަރަދެވެ. އެގޮތުން ސަބްސިޑީއަށް ކުރި ޚަރަދު %75.7 އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރެވުނު ޚަރަދު ވަނީ % 17.2 އިތުރުވެ 1.3 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއާއެކު އެހީއާއި ސަބްސިޑީގެ ޖުމްލަ ޚަރަދު ވަނީ 7.8 ބިލިއަން ރުފިޔާ އަށް މައްޗަށް ގޮސްފަ އެވެ.

މީގެ އިތުރުން، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައްވެސް ވަނީ %26.3 އިތުރުވެފައެވެ. އެ ބަޔަށް 14.4 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދުވަނީ % 11.2 އިތުރުވެ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އުމްރާނީ ތަރައްޤީ އާއި ލޯނު ދެއްކުމުގެ ޚަރަދުތައް

ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %7.0 ކުރިއެރުމެކެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް 1.1 ބިލިއަން ރުފިޔާ އަދި ފާލަމާއި ބަނދަރުތަކަށް 261.0 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ބޭރުގެ ލޯނުތައް އަދާކުރުމަށް ރެކޯޑު މިންވަރަކަށް 9.6 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

ހަރަދު ބޮޑުވި ނަމަވެސް، އާމްދަނީއަށް ބޮޑު ކުރިއެރުމެއް

ވީއައިއޭއަށް އައި ޓޫރިސްޓުންތަކެއް : ޓޫރިޒަމް ޑެއިލީ އެރައިވަލް ވަނީ އިތުރުވެފަ -- އެމްއޭސީއެލް

ދައުލަތުގެ ހަރަދުތައް މައްޗަށް ދިޔަ ނަމަވެސް، ޓެކްސް އާމްދަނީން ލިބުނު ކުރިއެރުމާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 26.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ %9.3 ގެ އިތުރުވުމެކެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 20.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (10.5 ބިލިއަން ރުފިޔާ) އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (5.3 ބިލިއަން ރުފިޔާ) އިންނެވެ. މީގެ އިތުރުން، ބޭރުގެ ފަރާތްތަކުން ލިބުނު ހިލޭ އެހީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެ، 454.8 މިލިއަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ނިޔަލަށް ޕްރައިމަރީ ބެލެންސް 2.4 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައި ހުރި ނަމަވެސް، ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސް ވަނީ 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ރެކޯޑުކުރެވިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.