މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 976.69 މިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 892.25 މިލިއަން ޑޮލަރާ އަޅާބަލާއިރު އިތުރުވުމެކެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖުލައި މަހު 100 މިލިއަން ޑޮލަރުން ލިބުނު އާމްދަނީ، އޭގެ ކުރީ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ "މަންތްލީ ރެވެނިއު ކަލެކްޝަން ރިޕޯޓް" ދައްކާގޮތުން، މިދިޔަ މަހު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 108.36 މިލިއަން ޑޮލަރު ވަނީ ބަލައިގަނެފަ އެވެ. މިއީ އަހަރުގެ ޖުލައި މަހު ޑޮލަރުގެ ގޮތުގައި ލިބިފައިވަނީ 106.88 މިލިއަން ޑޮލަރެވެ.
އަހަރުގެ ކުރީކޮޅުން ފެށިގެން ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ ވަނީ 976.69 މިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 892.25 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ޖުލައި މަހު ޑޮލަރުން ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީ އިންނެވެ. އެގޮތުން ޑޮލަރުގެ އާމްދަނީގެ 34.1 އިންސައްތަ ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ދާއިރާތައް ތިރީގައި އެވަނީއެވެ: