ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގައި މުޅި ރާއްޖޭން 1875 މީހުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ދުވާލެއްގެ މައްޗަށް ބަލާއިރު އެއީ އެވްރެޖުކޮށް އަށް މީހުންނެވެ.

މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އަށް މީހަކު ހައްޔަރު ކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ހަތް މަހު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޑްރަގު އެންފޯސްމެންޓުން ކުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، އެ މުއްދަތުގައި މުޅި ރާއްޖޭގައި ޖުމްލަކޮށް 1140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެއީ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް ފަސް އޮޕަރޭޝަނެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގައި މުޅި ރާއްޖޭން 1875 މީހުން މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. ދުވާލެއްގެ މައްޗަށް ބަލާއިރު އެއީ އެވްރެޖުކޮށް އަށް މީހުންނެވެ.
އަދި އެ މައްސަލަތަކާ ގުޅުން ހުރި 116 ބިދޭސީން ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ އެކި މައްސަލަތަކުގައި މިއަހަރުގެ ފުރަތަމަ ހަތް މަހު މުޅި ރާއްޖޭން 23،249 ފަހަރު މީހުން ބަލައިފާސްކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ހަތް މަހު ފުލުހުންގެ އެންފޯސްމެންޓުން އެކަނި 177 ކިލޯގެ ހިކި މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. އެތަކެތީގެ މަގުމަތީ އަހު 120 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި ބަނގުރަލުގެ 845 ފުޅި އަތުލައިގެންފައިވާއިރު، އެތަކެތީގެ އަގު 960،000 ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ހަތް މަހު ޑްރަގްގެ 1530 މައްސަލައެއް ތަހުގީގުކޮށް، 600 އަށްވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައިވާ ކަމަށް ލުހުން ބުނެފައިވެ އެވެ.