ސަވާދު ވިދާޅުވި ގޮތުގައި އެންމެ ކުންފުންޏަކުން ވެސް 8 ބިލިއަން ޑޮލަރުގެ މަޝްރޫއު ކުންފުންޏަކުން ކުރިއަށް އެބަދެ އެވެ.

ފަޅު ހިއްކައިގެން މިހާރު ވެސް މުޅިރާއްޖޭގައި 10 ބިލިއަން ޑޮލަރުގެ މަޝްރޫއު ހިނގަމުންދާ ކަމަށް ލިއޯ ކުންފުނީގެ ވެރިޔާ އަބްދުﷲ ސަވާދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފަޅު ހިއްކުމާއި ތޮށިލުމުގެ މަސައްކަތް އެންމެ ފުޅާކޮށް ހިންގާ އެއް ކުންފުނި ކަމަށްވާ ލިއޯ ކުންފުނީގެ ވެރިޔާ ސަވާދު ވިދާޅުވީ މިހާރު ވެސް 10 ނޫނީ 12 ބިލިއަން ޑޮލަރުގެ ރިސޯޓް ކޮންސްޓްރަކްޝަން މަަޝްރޫއު ކުރިއަށް ދެ އެވެ.
"އެންމެ ކުންފުންޏަކުން ވެސް އެބަ މެނޭޖުކުރޭ 8 ބިލިއަން ޑޮލަރުގެ މަޝްރޫއު ފޮރިން ކުންފުންޏަކުން. ޕްރޮޖެކްޓް މެނޭޖުމަންޓް ކުންފުންޏަކުން، މިކަން މި އެނގެނީ ޕްރޮޖެކްޓްތަކުގައި ފުޅާކޮށް އުޅޭ ފަރާތަކަށްވާތީ،" ފިރާގު ވިދާޅުވި އެވެ.
"ކުރިން 14ރ. އަށް ހުރިއިރު މިހާރު ތިބިވިނަމަވެސް 28ރ. ވަރަށް . ޝިޕިން ކޮސްޓް 30 ޕަސެންޓް، އަދި ލޮޖިސްޓިކް ކޯސްޓް 40 ޕަސެންޓް ވަނީ އުފުލިފަ. އެހެންވެ ޑޮލަރާއި ޑިމާންޑްތައް ވަނީ ބޮޑުވެފަ. އެވްތެޖުކޮށް 35 އާއި 40 ޕަސެންޓް ވަރު ވަނީ ބޮޑުވެފަ،" ފިރާގު ވިދާޅުވި އެވެ.