ސައުދީން އިސްވެ އުފައްދާ ކަނޑުގެ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވަނީ

ސަރުކާރުން ވަނީ "ޗާޓަރ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެ ސޮއިކޮށް އެ މުޢާހަދާ ތަސްދީގުކުރެއްވުމަށް، މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައި.

އަދަން ކަނޑުއޮޅިން މުދާ އުފުލާ ބޯޓެއް ދަތުރުކުރަނީ. --ފޮޓޯ: އޭއެފްޕީ

ގަލްފުގެ ގައުމުތަކުން ކަނޑު މަގުން މުދާ އުފުލުމުގައި ބޭނުންކުރާ މައި ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ސައުދީ އަރަބިއްޔާއިން އިސްވެ އުފައްދާ ދިފާއީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވާން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ، ހޫތީންގެ ހަމަލާތަކާ ގުޅިގެން، ރަތްކަނޑާއި، ބާބުލްމަންދަބު އަދި އަދަން ކަނޑުއޮޅި ހިމާޔަތްކުރަން ބައިނަލްއަގުވާމީ އިއްތިހާދެއް ސައުދީން އިއުލާނުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. 

އެ އިއްތިހާދުގައި މިހާތަނަށް 14 ގައުމަކުން ބައިވެރިވެފައިވާއިރު، ދިވެހި ސަރުކާރުން ވަނީ "ޗާޓަރ އޮފް ދަ މަލްޓިނެޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ރާއްޖެއިން ބައިވެރިވެ ސޮއިކޮށް އެ މުޢާހަދާ ތަސްދީގުކުރެއްވުމަށް، މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފަ އެވެ. 

މި ކޯލިޝަން އުފެއްދި ގައުމުތަކުން ބުނެފައިވަނީ، އިއްތިހާދުގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ކޮންމެ މެންބަރު ގައުމެއްގެ އަމިއްލަ ސިޔާދަތީ ނިންމުމެއް ކަމަށެވެ. މި ކޯލިޝަންގެ ހަރަކާތްތައް ކުރިއަށްގެންދާނީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމްކޮށް، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ހިމާޔަތްކުރެވޭ ގޮތަށް ކަމަށް އެ ގައުމުތަކުން ފާހަގަކުރި އެވެ.

މި ބަޔާނުގައި ސައުދީ އަރަބިއްޔާއަކީ މި ކޯލިޝަން އުފެއްދި، އިސްކޮށް ހަރަކާތްތެރިވާ ގައުމުގެ އިތުރުން ކޯލިޝަންގެ ދާއިމީ ހެޑްކުއާޓަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ޖޮއިންޓް އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރާއި، ޖޮއިންޓް މެރިޓައިމް އޮޕަރޭޝަންސް ސެންޓަރު އަދި ޖެނެރަލް ސެކްރެޓަރިއޭޓް ގާއިމުކުރެވޭނީ ސައޫދީގަ އެވެ.

ބަޔާނުގައިވާ ގޮތުން، ބައިވެރިވާ ގައުމުތަކުން ކޯލިޝަންގެ ޗާޓަރު ރަސްމީކޮށް ގަބޫލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެތެރޭގެ އިޖުރާއަތްތައް ކުރިއަށްގެންދާނެ އެވެ. އަދި ކޯލިޝަންގެ ޗާޓަރާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑުގެ ސަލާމަތީ ކަންކަމާއި، އިންޓެލިޖެންސް އަދި މައުލޫމާތު ބަދަލުކުރުމާއި، އޮޕަރޭޝަނަލް ޕްލޭންކުރުމާއި، ގުޅިގެން ހިންގާ ތަމްރީނުތަކާއި، ތަޖުރިބާ ބަދަލުކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، ގުޅިގެން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި އެއްބާރުލުން ވަރުގަދަކުރުމަށްވެސް ގޮވާލާފައިވެ އެވެ.

މެރިޓައިމް ކޯލިޝަން އުފެއްދުމަށް ތާއީދުކޮށް 14 ގައުމަކުން ގުޅިފައިވާ ބަޔާނެއް ނެރެފައިވާއިރު، މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، ތުރުކީ، ކުވެއިތު، ބަހްރެއިން، ގަތަރު، އުރުދުން، މިސްރު، ޕާކިސްތާން، ޖިބޫތީ، ސޯމާލިއާ، ބަންގްލަދޭޝް، ޔަމަން އަދި ކޮމޮރޯސް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.