ބީއެމްއެލްގެ ހިސާބުތައް މިހާރު ކޮންމެ ދުވަހަކު 2.7 މިލިއަން ޑޮލަރު ވިއްކަ އެވެ. މީގެތެރޭގައި ކާޑު ޓްރާންސެކްޝަން އާއި ޓީޓީވެސް ހިމެނެ އެވެ. މި އަހަރުގެ ހަ މަސް ދުވަހު ޖުމްލަ 570 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު މަހެއްގެ މައްޗަށް ސިއްހީ ފަރުވާ އަށް ބޭރަށްދާ މީހުންނަށް މަހަކު އެއް މިލިއަން ޑޮލަރު ވިއްކިނަމަވެސް މި އަހަރު އެ އަދަދު 3 މިލިއަން ޑޮލަރަށް އިތުރު ވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކުރި ޕެނަލް ޑިސްކަޝަންގައި ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ އެންމެ އިސްކަން ދެނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮލަރު ދޫކުރުމަށެވެ. މިދިޔަ އަހަރު ވެސް ތައުލީމީ ދާއިރާ އަށް 3.6 މިލިއަން ޑޮލަރު ދޫކުރަންމުންދާއިރު މި އަހަރު ވެސް އެ ވަރަށް އެ އަދަދު ދަނީ ދޫކުރަމުންނެވެ.
ސައީދު ވިދާޅުވީ ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ ނިސްބަތް އެއްވަރެއްގައި ހުރިނަމަވެސް ސިއްހީ ބޭނުންތަކަށް ބޭރަށް ދަތުރު ކުރާ ދިވެހިންނަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އޭނާ ވިދާޅުވީ ޑޮލަރުގެ 86 އޭޓީއެމްތަކުން ކުރިން ދުވާލަކު 1.6 މިލިއަން ޑޮލަރު އާއްމުކޮށް ނަގަ އެވެ. ނަމަވެސް މިދިޔަ މަހަކު 188 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. އަދި ޑިޕޮސިޓް 1.6 މިލިއަން ޑޮލަރު ނަގާނަމަ ޖަމާކުރާ އަދަދު ހުރީ 600،000 ޑޮލަރު ވަރެވެ.
ސައީދު ވިދާޅުވި ގޮތުގައި ބީއެމްއެލް އާއި ރާއްޖެ އިގްތިސޯދު އޮތީ ބޮޑުތަނުން ގުޅިފައި ކަމަށާ އެހެންވެ ދުނިޔޭގެ އިގްތިސޯދާއެކު ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގެ އަސަރު ބީއެމްއެލްއަށްވެސް ކުރެ އެވެ.
"އާއްމުކޮށް ކޯރިލޭޝަން އެކެއްނަމަ އެއީ 100 ޕަސެންޓް ގުޅުމެއް. އަޅުގަނޑުމެންނާ ރާއްޖޭގެ އިގްތިސޯދާ މި އޮންނަނީ 0.96 ޕަަސެންޓް،. އެހެންވެ ގުޅިފައި އޮތްވަރު ފެނޭ،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި ކޮވިޑުގެ ކުރީގައި ބޭރަށް ދަތުރުކުރާ މީހުންނާއި އޮންލައިން ވިޔަފާރިއަށް ޑޮލަރު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 90،000 ގައި ހުރިނަމަވެސް މިހާރު ބައެއް މަސްތަކުގައި 300،000 ލައްކައަށް އަރަ އެވެ.
"މިހާރު އެންމެ ދަށްކޮށް ފޮރިން ޓްރާންސެކްޝަން ބޭނުންކޮށްފަ އެބަހުރި 280،000 ކަސްޓަމަރުން. މިއީ ރުފިޔާ ކާޑުތަކުން. މި އަދަދުތަކަށް މިދަނީ ކޭޓާ ކުރަމުން. ނަމަވެސް އިރާދުކުރެއްވިއްޔާ އެދަތިތަކުން އަހަރައި ގަނެގެން ބޮޑުވެސް ކޮށްދޭނަން،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލްގެ ހިސާބުތައް މިހާރު ކޮންމެ ދުވަހަކު 2.7 މިލިއަން ޑޮލަރު ވިއްކަ އެވެ. މީގެތެރޭގައި ކާޑު ޓްރާންސެކްޝަން އާއި ޓީޓީވެސް ހިމެނެ އެވެ. މި އަހަރުގެ ހަ މަސް ދުވަހު ޖުމްލަ 570 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި ޑޮލަރުން ލޯނު ދޫކުރަން 270 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފަ އެވެ. މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިނަމަވެސް މި އަހަރުގެ 6 މަސް ތެރޭ 9 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.