ފިރާގު ވިދާޅުވި ގޮތުގައި ޑޮލަރުގެ ޑޮލަރުން މުއާމަލާތް ކުރުމުގެ ބަދަލުގައި ސިންގަލް ކަރަންސީއަށް ބަދަލުކުރަން ވިސްނަން ވަނީ ޖެހިފަ އެވެ.

ރާއްޖެއަށް ޑޮލަރު ނުލިބިގެން ނޫޅޭ ކަމަށާ ނަމަވެސް މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޑޮލަރާއި ރުފިޔާއިން މުއާމަލާތްތައް ކުރުމުގެ ބަދަލުގައި ރާއްޖެއަކީ "ސިންގަލް ކަރަންސީ" އިގްތިސޯދަކަށަށް ބަދަލު ކުރުން ކަމަށް އިނަ މޯލްޑިވްސްގެ ފައުންޑަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތަކީ ޑޮލަރުން މުއާމަލާތް ކުރާ ބައެއް ކަމަށާ، އެހެންވެ ރުފިޔާ އާއި ޑޮލަރުގައި ބޮޑު އިންބެލެންސެއް ފާހަގަވާ ކަމަށެވެ. މީގެ އިތުރުން އިގްތިސޯދު ރަން ކުރަން ގެންގުޅޭ 260،000 ބިދޭސީންނާއެކު މި މީހުން ވެސް ޑޮލަރު ބޭރުކުރާ ބައެއް ކަމަށެވެ. އެހެންވެ މިހާރު ރާއްޖޭގެ މަނިޓަރީ ސިޔާސަތު ބަދަލު ކުރަން ޖެހެ އެވެ.
"އަޅުގަނޑު ނުބުނަން އިންވެސްޓްކޮށްގެން ތިބި މީހުންނަށް ތްރެޓަަކަށްވާ ގޮތަށް ބަދަލުތަކެއް ގެންނާކަށް. ނަމަވެސް އެބަޖެހޭ މެޗުއާވެ މައިގްރޭޓްވާން ސިންގަލް ކަރަންސީ އިކޮނޮމީއަކަށް. ބަޔަކު ބޭނުން ނުވިޔަސް އެބަޖެހޭ ބަދަލުތަކެއް އަންނަން. މިސާލަކަށް ދަތުރުފަތުރު ކުރުމުގައިވެސް ބީއެމްއެލްއިން އެހީތެރިވެދޭ. ރާއްޖޭގައި އެބައުޅޭ ނުގަބައިދުން ވިޔަފާރިކުރާ ބައެއް. މިހުރިހާކަމެއް ބެލި އެބަޖެހޭ ސިސްޓަމެއްގެ ތެރެއިން ދައުރުވާ ބޭރު ފައިސާއަށްވާން،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑޮލަރުގައި އާޓިފިޝަން ޕްރައިޒެއް އިންނަ ކަމަށާ، ނަމަވެސް އެއްވެސް ދުވަސްވަރެއްގައި ޑޮލަރު ނުލިބިގެން އުޅޭކަށް ނުޖެހެ އެވެ.
މިނިސްޓަރު ސައީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ފިރާގު ވިދާޅުވީ ހެނދުނު އިރުއަރާއިރު ކަޅުބާޒާރުގައި ވިއްކާ އަގު އިއުލާނު ކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން އަދަބު ލިބޭނެ ކަންކަމެވެ.
"ބައެއް ގައުމުތަކުގައި ގާނޫނީ ކުށެއް، ނަމަވެސް ރާއްޖޭގައި އިގްތިސޯދު ފުޅާ. އެހެންވެ ގާނޫނުތަކެއް ނެތް. އިންވެސްޓްމަންޓްވެސް އާދެ. އެ ފައިސާ ގެނެވޭ ވަރެއް އެނގެނީއެއް ނޫން. އެހެންވެ އެބަޖެހޭ ދިރާސާކޮށްގެން މަނިޓަރީ ޕޮލިސީ އޯވަހޯލްކޮށް ބަދަލު ގެންނަން،" ފިރާގު ވިދާޅުވި އެވެ.