މިވަރުގައި މުދާ އެތެރެކުރަން ދަތި، ގޮންޖެހުން ބޮޑު ދުވަސްވަރެއް ނާދެ

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯއިން ބުނި ގޮތުގައި ހަނގުރާމައާއެކު މުދާ އުފުލުމުގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެދަ އެވެ. އަދި އަގުބޮޑު އިންޝުއަރެންސް ނަގަން ޖެހުމަކީ އަގުތަކަށް ބަދަލު އައި ބޮޑު ސަބަބެކެވެ.

އަހަރީ އާއްމު ޖަލްސާގައި އެމްޑީ ޝިމާދު ވާހަކަ ދައްކަވަނީ -- އެސްޓީއޯ

ދުނިޔެ އަށް މި ފަހުން ކުރިމަތިވި ގިނަ ކްރައިސްތަކުގައި ސަރުކާރުގައި މަަސައްކަތް ކުރެވިފައިވާ ކަމަށާ ނަމަވެސް މިވަރަށް ރާއްޖޭގެ އިގްތިސޯދަށް ގޮންޖެހުން ބޮޑު ދުވަސްވަރެއް ނާންނަ ކަމަށް އެސްޓީއޯގެ އެމްޑީ ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން އިގްތިސޯދީ މައުލޫމާތުތައް ގެނެސްދެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ 2008 ގެ ފައިނޭންޝަލް ކްރައިސިސް އައިއިރު މަަސައްކަތް ކުރެއްވީ ފިނޭންސުގެ ދަރަނީގެ ބައިގެ ވެރިއެއްގެ ގޮތުގައި ކަމަށާ ނަމަވެސް މި ވަރަށް ދުނިޔެ އަށް ގޮންޖެހުން ބޮޑު ދުަވަސްވަރެއް ނާންނަ ކަމަށެވެ. 

ޝިމާދު ވިދާޅުވި ގޮތުގައި އެމެރިކާ- އީރާން ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލިގެން ދިޔައީ ހީވެސް ނުކުރާ ގޮތަކަށް ކަމަށާ ހާއްސަކޮށް މުދާ އުފުލުމާ ގުޅުންހުރި އަގުތައް އިންތިހާއަށް ވަނީ އުފުލިފަ އެވެ.

"ހަނގުރާމަ ފެށުނު ދުވަހު މުދާ އުފުލާ ބޯޓުތަކުން އިންޝުއަރެންސް ހުއްޓާލި. ދެން އެ ހިސާބުން ޖެހުނީ އަގުބޮޑު ވޯރިސްކް އިންޝުއަރެންސް ނަގަން. މި ޕޮލިސީ ވިއްކީ ހަފުތާއަކަށް. ރާއްޖޭން އޮމާންއާއެކު ތެލުގެ ވިޔަފާރި ކުރާތީ ހަފުތާއިން އެ އިންޝުއަރެންސްނަގަން ޖެހުނު. މީގެ ކުރިން ބޯޓު ޗާޓަރު ކުރަން ނަގާ އަގު 600،000 ޑޮލަރުން 950،000 ޑޮލަރަށް އުފުލިގެން ދިޔަ 50 ޕަސެންޓް އުފުލުނު. މިއީ ރާއްޖޭގެ ކަމެއް ނޫން،. މި ކޮސްޓްތައް ބެއާ ކުރަން ޖެހޭ،" ޝިމާދު ވިދާޅުވި އެވެ. 

އެމްޑީ ޝިމާދު ވިދާޅުވީ މިހާލަތުގައި ރާއްޖެއަށް ކުރިމަތިވި ގިނަ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދުރާލާ ސަރުކާރުން ކުރެއްވި މަސައްކަތް އިސް ދައުރެއް އަދާކުރެއްވި އެވެ. މިގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒު ކްރައިސިސް ކޮމެޓީ އުފައްދަވައި އެ ކޮމެޓީ އުފައްދަވައި އެ ކޮމެޓީގެ ބެލުމުގެ ދަށުން ތެލާއި ކާބޯތަކެތި ހުސްވިޔަ ނުދީ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވިކަން ޝިމާދު ފާހަގަ ކުރެއްވި އެވެ. 

"ދުނިޔޭގެ ގިނަ ގައުމުތަކުން ތެލާ ބެހޭ މުދާތައް ހާއްސަކޮށް ތެލާ ބެހޭ މުދާތައް ހުސްވި، ޔޫރަޕުގައި ތެޔޮ ހުސްވެގެން ފްލައިޓްތައް ހުއްޓާލިއިރު ބަރާވަރަށް ރާއްޖެއަށް ގެނެވުނު. ރާއްޖެއަށް ތެޔޮ ގެންނަނީ އެސްޓީއޯ އާއި އަމިއްލަ މީހުން ގުޅިގެން. އެހެންވެ އަމިއްލައަށް އޮގަނައިޒްވެގެން ރާއްޖެ ތެލަށް ޖެހުނަކަ ނުދެން،" ޝިމާދު ވިދާޅުވި އެވެ. 

ރާއްޖެއާ ގާތުގައި އޮތް ގައުމުތަކުން މިސާލު ނަންގަވަމުން ޝިމާދު ވިދާޅުވީ އިންޑިއާ ފަދަ ގައުމުތަކުން ލިމިޓްކޮށް ތެޔޮ ވިއްކައި އަދި ބައެއް ވަގުތުތަކުގައި ތެޔޮ ވިއްކުން ހުއްޓާލިނަމަވެސް އެފަދަ ފިޔަވަޅެއް ރާއްޖެއިން އަޅާފައެއް ނުވެ އެވެ. 

"[ބޭރު] ގެ ބައެއް ރެސްޓޯރެންޓްތަކުން ހިދުމަތް ނުދީ ހުއްޓާލި، ނަމަވެސް މާތްﷲ ގެ އިރާދަފުޅުން ރާއްޖެ އެފަދަ ކަމެއް ކުރިމައްޗެއް ނުވޭ،" ޝިމާދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.