އޭނާގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ އޭނާ މިވަގުތު ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށެވެ.

ނޫސްވެރިޔާ ސާއިދު އަހުމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ، ސާއިދަކީ ދެ ކިޑްނީ ފެއިލްވެ، އެކަމަށް މެދުނުކެނޑި ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ.
އޭނާގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ އޭނާ މިވަގުތު ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށެވެ.
ސާއިދުގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުންދާއިރު، މިމަހުގެ 13 ވަނަ ފަރުވާއަށް ލަންކާއަށް ދިއުމަށް ވެސް އޮތީ ހަމަޖެހިފަ އެވެ.
ދެ ކިޑްނީ ފެއިލްވެ، ދިރިހުރުމުގެ އުންމީދު ސާއިދަށް ގެއްލުނީ މީގެ ހަތް އަހަރު ކުރީން ޖޫން 10، 2018 ގައެވެ. އޭރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓް ގައެވެ. ހާލަތު އިތުރަށް ގޯސްވެ ދެ ކިޑްނީގެ ފަންކްޝަން އެންމެ ޕަސެންޓަކަށްވެސް ވެއްޓުނެވެ. އެފަހުން އޭނާ ދަނީ ގަވާއިދުން ޑައިލިސިސް ހަދަމުންނެވެ.