އެމްޑީޕީ އާއި މުއިއްޒުގެ ތެރެއިން އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު: ޔާމީން

އެމްޑީޕީއަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކެއް ހަލާކުކޮށްފައިވާ ޕާޓީއެއް ކަމަށް ޔާމީން ވިދާޅުވި

ޔާމީން: އެމްޑީޕީގެ މައްޗަށް ދެން ވެސް ޗޫޒް ކުރާނީ މުއިއްޒު ކަމަށް ވިދާޅުވި--

އިދިކޮޅު އެމްޑީޕީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެރެއިން އަދިވެސް ނަގާނީ މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މުއައްސަސާތައް ހަލާކު ކުރުން ފަދަ ކަންކަން ހިންގާފައި ވަނީ ވަރަށް ފާޅުގައި ކަމަށެވެ. 

އިދިކޮޅު ޕާޓީތަކުގެ މީހުން ހައްޔަރު ކުރުމުގެ އިތުރުން މުޅި ފަނޑިޔާރުގެ ބަދަލު ކުރަން އުޅުމާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަންވަރު ގަޑީގައި ހުޅުވައިގެން އެތައް ކަމެއް ހިންގި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ، އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު. އެމްޑީޕީގެ މައްޗަށް." ޔާމީން ވިދާޅުވި އެވެ.

ނަމުން ޑިމޮކްރެޓިކް ނަމަވެސް އެމްޑީޕީއަކީ ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަކަށް އަރައިގެންފައިވާ ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

ދާދި ފަހުން ޔާމީން އާއި ރައީސް ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައްދަލު ކުރައްވައި ގުޅިގެން މަސައްކަތް ކުރަން ނިންމަވައިފަ އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ކުރިޔަށް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.