16 މަޝްރޫއަކަށް އެޑްވާންސްކޮށް 60 މިލިއަން، އެއްވެސް މަސައްކަތެއް ނުހިނގާ

ސިއްހީ ދާއިރާގެ މަޝްރޫއުތައް ނުހިނގާ ގިނަ ދުވަސްވުމުން ޓާމިނޭޓް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ހެލްތު މިނިސްޓަރު ގީލާ--ފޮޓޯ: މަޖިލިސް

ކުރީ ސަރުކާރުން ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފަށައި އެޑްވާންސްކޮށް ފައިސާ ދޫކުރުމަށް ފަހު އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގީލާ ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ކަންކަމުގެ ސަބަބުން ސިއްހީ ދާއިރާ އަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށެވެ.

ހޮސްޕިޓަލް އެޅުން ފަދަ ގިނަ މަޝްރޫއުތަކެއް ފަށައި ކުންފުނިތަކަށް އެޑްވާންސްކޮށް ފައިސާ ދޫކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް މަސައްކަތެއް ނުހިނގާ ދިގު މުއްދަތެއް ހިނގާފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.

އެގޮތުން 16 މަޝްރޫއެއް އެއްވެސް ވަރަކަށް ކުރިޔަށް ނުގޮސްގެން މިހާރު ކޮންޓްރެކްޓް ބާތިލް ކޮށްފައިވާ ކަމަށާއި އެ މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފައިސާ ރިކަވާ ކުރަން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން އަދި ފުރިހަމަ ނުވޭ. ނަމަވެސް އެ މަސައްކަތުގައި ކުރިޔަށް މިހާރު ވެސް މި ދަނީ ކުރަމުން." މިނިސްޓަރު ވިދާޅުވި އެވެ.

ގީލާ ވިދާޅުވި ގޮތުގައި ހއ. އިހަވަންދޫ ހޮސްޕިޓަލަކީ ވެސް އެފަދަ ގޮތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމަށް ފަހު އެއްވެސް މަސައްކަތެއް ކުރިޔަށް ނުދިޔަ މަޝްރޫއެކެވެ. އެ މަޝްރޫއު ވެސް މިދިޔަ އަހަރު މާޗުގައި ޓާމިނޭޓް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެޑްވާންސްކޮށް ފައިސާ ދިނުމަށް ފަހު މަސައްކަތް ނުކުރި މަޝްރޫއުތަކުގެ މައްސަލަ މަޖިލީހުގެ މަލިއްޔަތު ކޮމިޓީން ބަލާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.