ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވަނީ

މިއީ ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން ހިމެނޭހެން 200 ފަރާތެއް ވަނީ ރަޖިސްޓްރީވެފަ އެވެ.

ހޮސްޕިޓަލެއްގައި ޑޮކްޓަރުންތަކެއް ސާޖަރީއެއް ހަދަނީ --

ހޭނައްތާ ޑޮކްޓަރުންގެ ސާކްގެ ޖަމިއްޔާގެ 15 ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 އިން 16 އަށް އއ. އުކުޅަހުގަ އެވެ.

މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އެނެސްތީސިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، ދާއިރާގެ އެންމެ ފަހުގެ ކުރިއެރުންތަކާ ގުޅޭ މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމެވެ. 

މިއީ ސާކް ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށް އެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން ހިމެނޭހެން 200 ފަރާތެއް ވަނީ ރަޖިސްޓްރީވެފަ އެވެ. 

ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާއިން ބުނީ މި ބައްދަލުވުގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގޮތުން އެ ދާއިރާގައި ފާހަގަކޮށްލެވޭ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ބައިވެރިވެ، ކީނޯޓް ސްޕީޗްތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމިން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ މިފަދަ ބައިނަލްއަގުވާމީ ކޮންގްރެސްތައް ރާއްޖޭގައި ބޭއްވުމަކީ އެކި ގޮތްގޮތުން ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ބައްދަލުވުމުގައި ރީޖަނަލް ސައިންޓިފިކް އެކްސްޕަޓީސްތައް ހިއްސާކުރާނެ ކަމަށާއި، އެއީ އެނެސްތީޒިއަލޮޖީގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. 

އޭގެ އިތުރުން، މި ސަރަހައްދުގެ ސިއްހީ މާހިރުންގެ މެދުގައި ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.