މިމަހު އައި ޓޫރިސްޓުންގެ އަދަދު 6.8 ޕަސެންޓަށް އިތުރުވެއްޖެ

މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި އެކަނިވެސް 55,834 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 52,275 މީހުންނާ އަޅާބަލާއިރު 6.8 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންގެ އާއިލާއެއްގައި ހިމެނޭ ކުޑަ ކުއްޖެއް ފިނިފެން މަލެއް ހިފައިގެން -- އެމްއޭސީއެލް

ޓޫރިޒަމް ދަށް ދުވަސްތަކަށްފަހު، މިމަހުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 6.8 ޕަސެންޓަށް އިތުރުވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ 8 ދުވަހުގެ ތެރޭގައި އެކަނިވެސް 55,834 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 52,275 މީހުންނާ އަޅާބަލާއިރު 6.8 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 1,283,620 ޓޫރިސްޓުންނެވެ. މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5,957 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، މިމަހުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުނ ޒިޔާރަތްކުރީ އޮގަސްޓް 8 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 7,879 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ޑިސްޓްރިބިއުޝަނަށް ބަލާއިރު، އެންމެ ކުރީގައި އުޅެނީ ޗައިނާ އެވެ. އެގޮތުން ޗައިނާއިން 232,148 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ އެރައިވަލްސްގެ 18.1 ޕަސެންޓްގަ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ރަޝިއާ އިން 188,543 (14.7%) ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 101,391 (7.9%) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.