ދަނޑުވެރި މަންފާ އާއި ދަނޑުވެރި ނަފާ ލޯނަށް ހުޅުވާލައިފި

އެގޮތުން 15 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މި ސްކީމް ހުޅުވާލާނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ.

ސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް --

ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ ދެ ސްކީމް ކަމަށްވާ ދަނޑުވެރި މަންފާ ގްރާންޓާއި، ދަނޑުވެރި ނަފާ ލޯނުގެ ދެވަނަ ބުރު މިއަދު އިފްތިތާހު ކޮށްފި އެވެ.

"ދަނޑުވެރި މަންފާ" ސްކީމަކީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކާ އެގްރިކަލްޗާ މިނިސްޓްރީން، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އިފާޑް) އާ ގުޅިގެން ކުރިއަށްގެންދާ މެޕް ޕްރޮޖެކްޓްގެ ދަށުން ތައާރަފް ކޮށްފައިވާ މެޗިން ގްރާންޓް ސްކީމެކެވެ. 

އެގޮތުން 15 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މި ސްކީމް ހުޅުވާލާނީ މެޕްގެ ހަރަކާތްތައް ކުރިއަށްދާ ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ.

އަދި މިއީ "ދަނޑުވެރި ނަފާ" ލޯނު ސްކީމް އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް، ހުޅުވައިލި ފުރަތަމަ ބުރެވެ.

ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު މިއަދު އިފްތިތާހު ކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. މި ދެ ސްކީމް އިފްތިތާހުކޮށް، ކުރިމަތިލާން ހުޅުވާލާފައި ވަނީ ހއ. ކެލާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.