ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 150 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭނެ އެވެ. ޖުމްލަ 10 ސަރަހައްދަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ޖުމްލަ 1,500 އެނދު އުފެދިގެންދާނެ އެވެ

ގެއްލުމުގައި ހިންގަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ފައްކާ ކުރަން 1,500 އެނދު ފައްކާ ކުރަން 10 ފަޅު ޓޫރިޒަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 150 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭނެ އެވެ. ޖުމްލަ 10 ސަރަހައްދަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ޖުމްލަ 1,500 އެނދު އުފެދިގެންދާނެ އެވެ. މި ތަންތަން ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށެވެ.

މި އިއުލާނުކޮށްފައިވަނީ 10 ފަޅުން ބައެކެވެ. މި ގޮތުން ހއ. އަތޮޅު ތިން ފަޅުން ކޮންމެ ސަރަހައްދަކަށް 2,115,000 ޑޮލަރު ވަނީ ހުށަހަޅާފަ އެވެ. މި ފަޅުތަކުން ދައުލަަތަށް 6.3 މިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ހދ. އަތޮޅުން އިއުލާނުކުރި 4 ފަޅަށް 1,586,250 ޑޮލަރުގެ އަގ ޖަހާފައިވެ އެވެ. މި ފަޅުތަކުން ޖުމްލަ 6.3 މިލިއަން ޑޮލަރު ލިބޭނެ އެވެ. މީގެ އިތުރުން ށ. އަތޮޅުން ތިން ފަޅެއް އިއުލާނުކޮށްފައިެވ އެވެ، މީގެ ކޮންމެ ފަޅަކަށް 2,115,000 ޑޮލަރުގެ އަގެއް ޖަހާފައިވެ އެވެ. މި ފަޅުތަކުން ޖުމްލަ 6.3 މިލިއަން ޑޮލަރު ލިބޭނެ އެވެ.

މި ކޮންމެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 2,115,000 މިލިއަން ޑޮލަރެވެ.
މި އިއުލާނުގައިވާ ގޮތުން މި ކޮންމެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 1,586,250 މިލިއަން ޑޮލަރެވެ.