މިދިޔަ އަހަރުގެ މަރުތައް | ޖުމުލަ 1،400 މީހުން، ގިނައީ ފިރިހެނުން

އެންމެ ގިނަ މީހުން މަރުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ ކެޓަގަރީގަ އެވެ. މި ކެޓަގަރީން 858 މީހުން މަރުވެފައިވެ އެވެ. އޭގެ ފަހުން އެންމެ ގިނައީ މަސައްކަތްކުރާ އުމުރު ނުވަތަ 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ.

އާ ސަހަރާ --

މިދިޔަ އަހަރު ރާއްޖޭގައި ރާއްޖޭގައި ޖުމްލަ 1,427 މީހުން މަރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮތް ސްޓެޓިސްޓިކްސްއިން ނެރެނު މިދިޔަ އަހަރުގެ ވިހާަމަރުވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރެކޯޑުކުރެވިފައިވާ 1,427 މަރުގެ ތެރޭގައި ހިމެނެނީ 1,266 ދިވެހިންނާއި 161 ބިދޭސީންނެވެ. ރާއްޖޭގެ އެތެރޭގައި ޖުމްލަ 1,399 މީހުން މަރުވެފައިވާއިރު، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން ދަނިކޮށް ނުވަތަ ދިރިއުޅެމުން ދަނިކޮށް 28 ދިވެހިން ވަނީ މަރުވެފަ އެވެ.

ޖިންސުގެ ނިސްބަތަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް މާ ބޮޑަށް ވެސް އިތުރެވެ. ރާއްޖޭގައި މަރުވި 1,399 މީހުންގެ ތެރެއިން 858 މީހުންނަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދަކީ 540 އެވެ. މިއީ މަރުވި މީހުންގެ %61 ފިރިހެނުންނެވެ. މަރުވި ސަރަހައްދުތަކަށް ބަލާއިރު، ރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅެމުންދާ މާލެ ސަރަހައްދުގައި މަރުވި މީހުންގެ މީގެތެރޭން މާލޭގައި ޖުމްލަ 830 މީހުން މަރުވެފައިވާއިރު (742 ދިވެހިންނާއި 88 ބިދޭސީން) އަދި އަތޮޅުތެރޭގެ ރަށްރަށުގައި 569 މީހުން މަރުވެފައިވެ އެވެ. 

އުމުރުފުރާތަކަށް ބަހާލާއިރު، އެންމެ ގިނަ މީހުން މަރުވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ ކެޓަގަރީގަ އެވެ. މި ކެޓަގަރީން 858 މީހުން މަރުވެފައިވެ އެވެ. އޭގެ ފަހުން އެންމެ ގިނައީ މަސައްކަތްކުރާ އުމުރު ނުވަތަ 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންނެވެ. މި އެ އުމުރުފުރާ އިން 451 މީހުން މަރުވެފައިވެ އެވެ. އަދި ކުޑަކުދިންގެ ނިސްބަތަށް ބަލާއިރު، 5 އަހަރާއި 17 އަހަރާ ދެމެދުގެ 14 ކުދިން މަރުވެފައިވާއިރު، 0 އަހަރާއި 4 އަހަރާ ދެމެދުގެ 75 ތުއްތު ކުދިން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.