ގެއްލުނު ތިން މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި، އަދި ނުފެނޭ

ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، މިހާތަނަށް ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ. އަދި ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެ އެވެ.

ސަޕްލައި ދޯނި ބަންޑުން ޖަހާލައި ތިން މީހުން ގެއްލުނު ސަރަހައްދު

މިދިޔަ ބުދަ ދުވަހުގެ ރޭ ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދަނިކޮށް، އެ ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނު ސިފައިންގެ މީހާ އާއި، ފުލުހަކާއި އެ ދޯނީގެ ކައްޕި ހޯދަން ބޮޑު ސަރަހައްދެއް ބަލަައިފި އެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ، "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، މިހާތަނަށް ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ. އަދި ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު މީހުން އަދި ފެނިފައެއް ނުވޭ،" އެމްއެންޑީއެފް އިން ބުންޏެވެ.

ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެ ސަޕްލައި ދޯނީގައި އެ ދޯނީގެ ކައްޕި، މުހައްމަދު ހަމްދޫން ހިމެނޭހެން އަށް މީހުން ދަތުރުކުރި އެވެ. އެކަން ރިޕޯޓު ކުރުމުން ވަގުތުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ އުޅަނދުގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.

ގެއްލުނު ތިން މީހުން ތިބީ ދޯނީގެ ވަތަށް ފައިބައި، ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ދޯންޏަށް އެރި ބިޔަ ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލީ އެވެ. އޭގެ ފަހުން އެ ތިން މީހުންގެ ހަބަރެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.