ދައުލަތަށް އާމްދަނީ ޓެކުސް އެންމެ ގިނައިން ދައްކާ ބޭންކްއަކީ ބީއެމްއެލް

މިއީ ބަރާބަރަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މީރާ އިން ދޭ އެވޯޑެވެ. ބީއެމްއެލްއަށް މި ވަނަ ލިބުނީ ހުރިހާ ބޭންކްތައް ހުއްޓަ އެވެ.

ބީއެމްއެލްއަށް ލިބުނު އެވޯޑާ ޗީފް މާކެޓިން އޮފިސަރު މޫސާ ނިމާލް ހަވާލު ވަނީ -- މީރާ

ރާއްޖޭގައި ދުނިޔޭގެ މަޝްރޫއު އެތައް ބޭންކްއެއް ހަރަކާތްތެރިވިނަމަވެސް އިންކަމް ޓެކްސް ނުވަތަ އާމްދަނީގެ ޓެކްސް އެންމެ ގިނައިން ދައްކާ ބޭންކްއަކީ ބީއެމްއެލް އެވެ. 

މިކަން ހާމަވީ ދައުލަތަށް ބަރާބަރަށް އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ ރަންލާރި އެވޯޑުންނެވެ. ބީއެމްއެލް އަށް ވަނީ މިދިޔަ އަހަރު އާމްދަނީން ނަގާ ޓެކްސް އެންމެ ގިނައިން ދައްކާ ބޭންކް އަށް ދޭ ވަނަ ލިބިފަ އެވެ. 

ބީއެމްއެލް އުފެދުނީ 11 ނޮވެމްބަރ 1982 ގައެވެ. ފުރަތަމަ މި ބޭންކް އުފެއްދީ ދިވެހި ސަރުކާރާއި ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް އެންޑް ކޮމަރސް ބޭންކް (އައިއެފްއައިސީ) ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއްގެ ގޮތުގަ އެވެ. އަދި 1992 ވަނަ އަހަރު އައިއެފްއައިސީގެ ހިއްސާ ދިވެހި ސަރުކާރުން ގަނެ، ބީއެމްއެލްއަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރި އެވެ. މިއާއެކު ބޭންކުގެ ހިންގުން ފުރިހަމައަށް ދިވެހިންގެ އަތްމައްޗަށް އައެވެ.

ބޭންކިން ދާއިރާއަށް ޒަމާނީ ބަދަލު ތަކެއް ގެނައީ ބީއެމްއެލް އިންނެވެ.އެގޮތުން ރާއްޖެއަށް އެންމެ ފުރަތަމަ އޭޓީއެމް ގެ ހިދުމަތާއި ޕޮއިންޓް އޮފް ސޭލް މެޝިން، އަދި ޑެބިޓް / ކްރެޑިޓް ކާޑުގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް ތަޢާރަފްކުރީ ވެސް ބީއެމްއެލް އިންނެވެ. މިއަދު ބީއެމްއެލް އަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ބްރާންޗްތަކާއި އޭޓީއެމްތައް އަދި އޭޖެންޓުންގެ ވިއުގައެއް ޤާއިމުކޮށްފައިވާ ބޭންކެކެވެ. މިއީ ރާއްޖޭގެ އިޤްތިސާދާއި އާންމު ރައްޔިތުންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވާ މާލީ އެންެމެ ބޮޑު އިދާރާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.