އެގެއިން ފެނުނު ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން، އެކި މީހުން ވަގަށް ނަގައިގެން ވިއްކާފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި، ޕަވާ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެ އެވެ.

އެކި މީހުން ވަގަށް ނަގާ ތަކެތި ނުއަގުގައި ގަންނަ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މަރަދޫން ކަމަށެވެ. ހައްޔަރު ކުރީ އެ އަވަށު، ފާގަތި، އަބްދުﷲ އުމަރު 58، އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމް ފެނިފައިވާ ކަމަށެވެ.
އެގެއިން ފެނުނު ތަކެއްޗަކީ އައްޑޫ ސިޓީގެ އެކި ގޭގެއިން، އެކި މީހުން ވަގަށް ނަގައިގެން ވިއްކާފައިވާ ތަކެއްޗެވެ. އޭގެ ތެރޭގައި، ޕަވާ ޓޫލް، ކާޗާ މެޝިން، ސްޕީކަރާއި ލައިޓުގެ އިތުރުން އެހެނިހެން ސާމާނު ހިމެނެ އެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ތެރެއިން ބައެއް ތަކެތި މިހާރުވަނީ ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.