ކަސްޓަމްސް އިން މިއަދު ބުނީ، މި މިމަހުގެ ތިން ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، މި މިމަހުގެ ތިން ވަނަ ދުވަހު ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސް އިން ހިންގި އެކި އޮޕަރޭޝަންތަކުގައި ވޭތުވެ ދިޔަ ދެ މަހު ވެސް ވަނީ ވޭޕްގެ އެކި ޝިޕްމެންޓްތައް އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ ވޭޕް ހިމެނެ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުމަކީ ވެސް މިހާރު ގާނޫނީ ގޮތުން މަނާ ކަމެކެވެ.