ތިން މީހުން ގެއްލުން | ސިފައިންގެ މީހާއި ފުލުހަށް ވީ ކިހިނެއް ؟

މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި ހާދިސާގައި ގެއްލިގެން ހޯދަނީ ގއ. ވިލިނގިލިން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ އޮފިސަރަކާއި ކައްދޫއިން މި އޮޕަރޭޝަނަށް ދަތުރުކުރި ސިފައިންގެ ޓީމުގައި ހިމެނޭ އޮފިސަރެކެވެ.

ގެއްލިގެން ހޯދާ ފުލުސް މީހާ އަދި ކައްޕި ސިފައިންގެ މީހާގެ ވަނަވަރު އަދި ނޭނގެ

މިއަދުގެ އިރުއަރައިގެން އައީ ގައުމަށް ސިހުން ލިބިގެންނެވެ. ކަނޑުމަތީގެ ހާދިސާއެއްގައި ތިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ސިފައިން ބުނިތާ އިރުކޮޅެއް ފަހުން އާއްމުވި ހަބަރަކީ ގެއްލުނު މީހުންގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކު ހިމެނޭ ކަމެވެ. މީގެ އިތުރުން ގެއްލިފައިވަނީ ދޯނީގެ ކެޕްޓަނެވެ. ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ދޯނީގެ ދިޔަވެ އަޑިއަށް ދާން ފެށުމާއެކު ވަނީ ދޯނީގައި ތިބި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ފަށާފަ އެވެ. މި ތިން މީހުން ގެއްލިފައިވަނީ އޮޕަރޭޝަންގައި އުޅެނިކޮށެވެ. މިހާރު ގިނަ ބަޔަކު އުފައްދަނީ ސުވާލެކެވެ. މި ތިން މީހުންނަށް ވީ ކިހިނެއް ހެއްޔެވެ؟  

މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، މި ހާދިސާގައި ގެއްލިގެން ހޯދަނީ ގއ. ވިލިނގިލިން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނޭ އޮފިސަރަކާއި ކައްދޫއިން މި އޮޕަރޭޝަނަށް ދަތުރުކުރި ސިފައިންގެ ޓީމުގައި ހިމެނޭ އޮފިސަރެކެވެ. މީގެ އިތުރުން ހިމެނެނީ ދޯނީގެ ކެޕްޓަން، ތ. މަޑިފުށީ މުހައްމަދު ހަމްދޫން އެވެ.  

ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެށް ދިޔަވަމުންދާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ވަގުތުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން މި އުޅަނދުގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. 

މައުލޫމާތު ލިބޭ ގޮތުގައި، ގެއްލުނު ތިން މީހުން ތިބީ ދޯނީގެ ވަތަށް ފައިބައި، ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. ނަމަވެސް މޫސުން ގޯސްވެ، އެރި ބިޔަ ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލީ އެވެ. އޭގެ ފަހުން އެ ތިން މީހުންގެ ހަބަރެއް ނުވެ އެވެ.

މި ހާދިސާގައި ގެއްލުނު ދޯނި ސަލާމާތް ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހަކު އަދި ދޯނީގެ ކެޕްޓަންގެ ހަބަރެއް އަދިވެސް ނުވެ އެވެ. އެހެންވެ މި މީހުންގެ ހިލަމެއްވޭތޯ ސިފައިންގެ ޑްރޯން އާއި ޑޯނިޔަ ފްލައިޓް ބޭނުންކޮށްގެން ރޭވެސް ވަނީ ބޮޑު ސަރަހައްދެއް ބަލާފަ އެވެ. ނަމަވެސް މިހާތަނަށް މި މީހުންގެ ހިލަމެއް ވެފައެއް ނުވެ އެވެ. 

ކަނޑުމަތީ ހާދިސާއެއްގައި ސިފައިންގެ މީހަކު ގެއްލިގެން ހޯދަމުން ދާއިރު، ދާދިފަހުން ކަނޑު ހޮހަޅައެއްގައި ތާށިވެފައި ތިބި ޓޫރިސްޓުންތަކެއްގެ ހަށިގަނޑު ނަގަން ފީނި ސިފައިންގެ މީހެއްގެ ފުރާނަވެސް ވަނީ ގެއްލިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.