"އިދިކޮޅުން އުޅެނީ ގައުމުގެ ހަމަޖެހުން ނަގާލަން، ގައުމު އިސްކުރާކަށް ނޫޅޭ"

"އެއްގޮތަކަށް ވެސް ޒިންމާދާރުކަމެއް ނެތް. އެއްގޮތަކަށް ވެސް ގައުމު އިސްނުކުރޭ. އެއްގޮތަކަށް ވެސް އިހުލާސްތެރި ކަމެއް އިސްނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތުގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށާއި، އެމީހުންގެ މަސައްކަތަކީ ގައުމުގެ މަސްލަހަތު ނަގާލުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަތް އެންމެ ބޮޑު އެއް ވައުދަކީ ގައުމަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ގައުމަށް ފައިދާ ކުރާނެ ވިސްނުން ގެންގުޅުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ވިސްނުމަކީ ފަނާކުރަނުވި ވިސްނުމެއް ކަމަށާއި، އެކަމަށް ޖާގަ ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގައުމު އިސްނުކުރޭ. ގައުމު އިސްނުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ. ގައުމަށް ރަނގަޅުކަމެއް ކުރާކަމުގައި ވަންޏާ، ރައްޔިތުންނަށް ރަނގަޅު ކަންތައް ފޯރުކޮށްދޭނެ ކަމަށްވަންޏާ އެކަންކަމަކީ ހަމަ ރަނގަޅު ކަންތައްތައް. އެކަންކަމަށް އިދިކޮޅު ފަރާތްތަކުން ސިޔަސީ ފަރާތްތަކުން ޖެހޭނެ އެޔަށް އެއްބާރުލުން ދޭން. އެއީ ގައުމު އިސްކުރާނަމަ ކަންތައްތައް އޮންނާނެ ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރަނގަޅަށް ޑިމޮކްރަސީ ހިނގާ ގައުމުތަކުގައި ވެސް ސަރުކާރުން ރަނގަޅަށް ކަމެއް ކުރާނަމަ އިދިކޮޅު ފަރާތްތަކުން އެކަންކަމަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތިބި އިދިކޮޅު ފަރާތްތަކުން އެއް ގޮތަކަށްވެސް ގައުމު އިސްނުކުރާ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

"އެއްގޮތަކަށް ވެސް ޒިންމާދާރުކަމެއް ނެތް. އެއްގޮތަކަށް ވެސް ގައުމު އިސްނުކުރޭ. އެއްގޮތަކަށް ވެސް އިހުލާސްތެރި ކަމެއް އިސްނުކުރޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތައް ދެނެގަނެ، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން އިބުރަތް ހާސިލްކޮށް، ބުއްދީގެ ބޭނުންކޮށްގެން ކަންކަން ވަޒަންކުރަން އެނގޭ ބަޔަކަށް ރައްޔިތުން ވާން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ ބަދަލުހިފުމުގެ ރޫހު އެއްކޮށް ނައްތާލައި، ސިޔާސީ ހަމަނުޖެހުމުގެ ރޫހު އެއްކޮށް ދުއްވާލައި، ވަރަށް ހަމަޖެހޭ، ސްޓޭބަލް، ވަރަށް ޒިންމާދާރު ސިޔާސީ މާހައުލެއް ގާއިމް ކުރުމަށްޓަކައި މި ޕާޓީން އިސް ނަގައި، މި ސަރުކާރުން މި ކުރާ ކަންކަމަކީ ހަމަ އެންމެން ވެސް ހުރިހާ ތައައްސުބެއް އެއްކައިރި ކޮށްލާފައި ގައުމީ ވިސްނުމުން ވިސްނައިފިއްޔާ ހަމަ އެންމެން އެއްބަސްވާނެ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.