ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ދިރުވާލައިގެން އެތެރެކުރަން މަސައްކަރް ކޮށްފައި ވަނީ 1.18 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެމީހާގެ ބަނޑުން ވަނީ 66 ބުލެޓް ފެނިފަ އެވެ.

ދިރުވާލައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ދިރުވާލައިގެން އެތެރެކުރަން މަސައްކަރް ކޮށްފައި ވަނީ 1.18 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެމީހާގެ ބަނޑުން ވަނީ 66 ބުލެޓް ފެނިފަ އެވެ.
އެތަކެތި ޓެސްޓް ކުރިއިރު ވަނީ ކޮކެއިން އަށް ޕޮޒިޓިވްވެފަ އެވެ.
ކަސްޓަމްސް އިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ހާމަކޮށްފައެއް ނުވެ އެވެ.