ހަނގުރާމައާއެކު ޓޫރިޒަމް ދަށް | އެކަމަކު ބެޑްނައިޓް 8 ޕަސެންޓް އިތުރު

ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މި އަހަރުގެ ޖޫން މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވީ ނަމަވެސް، ޓޫރިޒަމް ސިނާޢަތުގެ އޮކިއުޕެންސީ ރޭޓް (އެނދު ފުރޭ ނިސްބަތް) % 40 އިތުރުވެފަ އެވެ

ރާއްޖެއަށް މިއަދު އައި ޓޫރިސްޓުންތަކަކަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

މިދިޔަ ޖޫން މަހުގެ ނިޔަލަށް ޓޫރިސްޓުން އައި އަދަދު ދަށްނަމަވެސް، ޓޫރިޒަމް ބެޑްނައިޓްސް 8 ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރޭ މިދިޔަ މަހުގެ އިކޮނޮމިކް އަޕްޑޭޓް ދައްކާ ގޮތުން ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުން އަންނަ އަދަދު ވަނީ ދަށްވެފަ އެވެ. ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 123،552 ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 13 ޕަސެންޓްގެ ދަށްވުމެކެވެ. ޓޫރިސްޓުން އައި އަދަދު މަދުވި ނަމަވެސް، އޮކިއުޕެންސީ ރޭޓް މައްޗަށް ގޮސްފައިވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭ (ބެޑްނައިޓްސް) އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ޖުމްލަ ޓޫރިސްޓް ބެޑްނައިޓްސް ވަނީ 8 ޕަސެންޓް އިތުރުވެފައެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، މި އަހަރުގެ ޖޫން މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވީ ނަމަވެސް، ޓޫރިޒަމް ސިނާޢަތުގެ އޮކިއުޕެންސީ ރޭޓް (އެނދު ފުރޭ ނިސްބަތް) 40 ޕަސެންޓް އިތުރުވެފައިވެ އެވެ. 

ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު އޮކިއުޕެންސީ ރޭޓް ހުރީ 39 ޕަސެންޓްގަ އެވެ. އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް ސިނާއަތުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަށް ވަނީ އަހަރީ ގޮތުން 3،465 އެނދު އިތުރުވެފަ އެވެ. ބެޑްނައިޓްސް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ގެސްޓްހައުސްތަކުގެ ވިޔަފާރިއަށް އައި ބޮޑު ކުރިއެރުމެވެ. 

ޖޫން މަހު ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް 84 ޕަސެންޓް އިތުރުވެފައިވާއިރު، ރިސޯޓުތަކުގެ ބެޑްނައިޓްސް އިތުރުވީ އެންމެ 2 ޕަސެންޓެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އެވްރެޖް މުއްދަތުވެސް ވަނީ އިތުރުވެފައެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު އެވްރެޖްކޮށް 7.0 ދުވަސް ފަތުރުވެރިން ހޭދަކުރިއިރު، 2026 ވަނަ އަހަރުގެ ޖޫން މަހު މި ޢަދަދު ވަނީ 7.1 ދުވަހަށް އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.