ނަމަވެސް، މި މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދަނިކޮށް، އެ ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި، ފުލުހަކާއި އެ ދޯނީގެ ކައްޕި ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯންޏަށް ރާޅު އަރައި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ދޯނިން ދަތުރުކުރި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތްކޮށްފައވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް، މި މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.