ބީއެމްއެލް އިން އިންވެސްޓްކުރާ ޑޮލަރުގެ ފައިދާ ޑޮލަރުން

މި ޕްލެޓްފޯމާއެކު އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް އާންމުންނަށް ފަސޭހަކަމާއެކު ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ބީއެމްްއެލް މައި އޮފީސް : މިދިޔަ ކުއާޓަރުގައި އާމްދަނީ ވަނީ އިތުރުވެފަ

ބީއެމއެލް އިން ތައާރަފުކުރި "އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް، އިންވެސްޓްކުރާ އަދަދާއި ފައިދާ ވެސް ޑޮލަރުން ލިބޭގޮތަށް ހަމަޖައްސައިފި އެވެ.

ޤައުމީ ބޭންކު ބީއެމްއެލް އިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ތައާރަފުކުރި "އިންވެސްޓްމަންޓްސް" ޕޯޓަލަކީ ރާއްޖެއަށް ވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ބޭންކަށް ވަންނަ ޑޮލަރު އިތުރުކުރުމުގެ މަގުސަދުގައި ގެނައި މުހިންމު ބަދަލެކެވެ. 

މި ޕްލެޓްފޯމާއެކު އިންޓަނެޓް ބޭންކިން އަދި މޮބައިލް އެޕް މެދުވެރިކޮށް އާންމުންނަށް ފަސޭހަކަމާއެކު ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

ބީއެމްއެލް އިން މިހާރު ނިންމާފައިވާ ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް އިންވެސްޓްކުރާ ފަރާތްތަކަށް، އިންވެސްޓްކުރާ އަދަދާއި ލިބޭ ފައިދާ ބޭންކާ ދެމެދު ވެވޭ ޚާއްސަ އެއްބަސްވުމެއްގެ ދަށުން ޑޮލަރުން ކަސްޓަމަރަށް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ އެވެ. އަދި އޭގެ އަނެއް ދުވަހު އިންވެސްޓްކުރާ އަދަދު ރުފިޔާއިން ލިބޭގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

ނިޒާމު މަސައްކަތްކުރާ ގޮތް

އިންވެސްޓްމަންޓް ޕޫލްތައް - ކޮންމެ ދުވަހަކުވެސް ތަފާތު ރޭޓްތަކުގެ ޕްރޮފިޓް ޕޫލްތައް (ގޯލްޑް ސިލްވާ، ބްރޮންޒް ފަދަ) ޕޯޓަލްގައި ހުޅުވާލެވެ އެވެ.

ފައިދާގެ މިންވަރު - މި ޕްލެޓްފޯމްގައި އިންވެސްޓްކުރުމުން 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތު އޮވެ އެވެ. މިސާލެއްގެ ގޮތުން ބުނާނަމަ 1،000 ޑޮލަރު އިންވެސްޓްކުރާނަމަ، އެ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް 1،260 ޑޮލަރު ޖަމާވާނެ އެވެ. އަދި އޭގެ އަނެއް ދުވަހު އިންވެސްޓްކުރި އަދަދު ރުފިޔާ އިން ބޭންކަށް މާރުކުރަންޖެހޭއިރު، އިންވެސްޓްމަންޓްގެ ސާފު ފައިދާގެ ގޮތުގައި ކަސްޓަމަރަށް 260 ޑޮލަރު ލިބިގެންދާނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ ފަހަކަށް އައިސް އިންޓަނޭޝަނަލް ކާޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިތަކާއި އާންމުން އީ-ކޮމާސްގެ ޚިދުމަތްތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް މި އިންވެސްޓްމަންޓް ޕްލެޓްފޯމުން ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.