އައިރީނާގެ ދާއިމީ މަންދޫބަކަށް ތޯރިގު ހަމަޖައްސަން މަޖިލީހުން ރުހުން ދީފި

އައިރީނާގެ ދާއިމީ މަންދޫބުކަމަށް ތޯރިގި އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުން އިއްތިފާގުންނެވެ.

ސަފީރު ތޯރިގު. --ފައިލް ފޮޓޯ

އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އެޖެންސީ (އައިރީނާ) ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމަށް، ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. 

ތޯރިގަށް އައިރީނާގެ މަންދޫބުކަން ދިނުމާމެދު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވުމުން، އެ މައްސަލަ ދިރާސާކުރި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދޭން ފެންނަކަމަށް ނިންމައިފަ އެވެ.

އެ ކޮމިޓީން ނިންމި ގޮތަށް، އައިރީނާގެ ދާއިމީ މަންދޫބުކަމަށް ތޯރިގި އައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުން އިއްތިފާގުންނެވެ. 

ތޯރިގަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގެ ނިޔަލަށް އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

މީގެއިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައިވެސް އޭނާ ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގަ އެވެ.

އޭގެފަހުން، މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ޓޫރިޒަމް މިނިސްޓަރުކަމަށް ބަދަލުކުރެއްވުމަށްފަހު، ސަރުކާރުން އިސްތިއުފާ ދެއްވުމާ ހަމައަށް އޭނާ އަދާކުރެއްވީ އެ މަގާމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.