އެމްޕީއެލް އިން ރަސްފަންނުގައި އެޅި ފާހާނާ ބަރި ސަރުކާރާ ހަވާލުކޮށްފި

އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ މި ފާހާނާ ބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.

އެމްޕީއެލް އިން ރަސްފަންނުގައި އެޅި ފާހާނާ ބަރި --

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ހަދާފައިވާ ފާހާނާ ބަރި ނިންމައި، ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

ރަސްފަންނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ފާހާނާ ބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން އެ ފާހާނާ ބަރިއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ.


އެމްޕީއެލް އިން ރަސްފަންނުގައި އެޅި ފާހާނާ ބަރި ހަވާލުކުރުން --

އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ މި ފާހާނާ ބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެ ކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.

ދެ ފާހާނާ އާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް އެތަން ހަދާފައި ވަނީ ވީލްޗެއާގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.