މި ދަތުރުފުޅަކީ އުކުޅަހުގައި މިހާރު ކުރިއަށްދާ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އެއް ދުވަހަށް އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ދަތުރުފުޅަކީ އުކުޅަހުގައި މިހާރު ކުރިއަށްދާ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.
އަދި ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓޯސައި އިން ކޮންމެ އަހަރަކު ބާއްވާ އައިޑީއައި ގްލޯބަލް ސަމިޓް، އުކުޅަހުގައި ފެށުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ސަމިޓް ކުރިއަށް މާދަމާއިން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
އޭގެ އިތުރުން ވެސް އުކުޅަހުގައި ކުރިއަށްދާ ބައެއް ތަރައްގީގެ މަޝްރޫއުތައް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ.
ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.