ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރުކަމުގައި ހުންނެވި، އާދަމް ޝަރީފަކީ ރާއްޖޭން ގަތަރަށް ކަނޑައެޅި ފުރަތަމަ ރެޒިޑެންޓް ސަފީރެވެ.

ރާއްޖެއިން ގަތަރަށް ކަނޑައެޅި ސަފީރު އާދަމް ޝަރީފު އުމަރު، ސަފީރުކަމުގެ ފަތްކޮޅު، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އާލް ޘާނީ އަށް އަރުވައިފި އެވެ.
ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރުކަމުގައި ހުންނެވި، އާދަމް ޝަރީފަކީ ރާއްޖޭން ގަތަރަށް ކަނޑައެޅި ފުރަތަމަ ރެޒިޑެންޓް ސަފީރެވެ.
ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފައިވަނީ މި ސަރުކާރުގަ އެވެ.
ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ބޭއްވުނު ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު އާދަމް ޝަރީފު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، ގަތަރުގެ އަމީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ.
އަދި ރާއްޖެ އާ ގަތަރާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރިޔާއަށްކުރައްވާ، ތަރައްގީގެ މަޝްރޫޢުތަކަށް ގަތަރުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އަދި ސަފީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަންދެއްވައި، ދެ ގައުމުގެ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.