ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމު ތޮށި ސިފައިންނަށް ހާއްސަކޮށްފި

"މިއަދުން ފެށިގެން މި ދެންނެވި ސަރަހައްދުގެ އެއްގަމު ތޮއްޓަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަން،"

ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީ ކުރި މަގު: އެ ސަރަހައްދު މިހާރު ވަނީ ސިފައިންނަށް ހާއްސަކޮށްފައި --

ފުލުހުންގެ ހެޑް ކުއާޓަރު، ޝަހީދު ހުސެއިން އާދަމް ބިލްޑިންގް އާ ދިމާލުން ތަރައްގީކޮށްފައިވާ އެއްގަމު ތޮއްޓަކީ ސިފައިންގެ އުޅަނދުތަކަށް އެކަނި ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށް ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ޝަހީދު ހުސެއިން އާދަމް ބިލްޑިންގް އިން ފެށިގެން ދޮށިމޭނާ ބިލްޑިންގް އާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ހާއްސަކޮށްފައިވާ އުޅަނދެއް ކަމަށެވެ.

"މިއަދުން ފެށިގެން މި ދެންނެވި ސަރަހައްދުގެ އެއްގަމު ތޮއްޓަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަން،" މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަޝްރޫއު ނިންމާލުމަށްފަހު މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ. އަލަށް ތަރައްގީކޮށްފައި ވަނީ އެއީ، ހެންވޭރު ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރަސްމީ ފާލަމާ ހަމައަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.