ލޭންޑިން ކްރާފްޓް އަޑިއަށް ގޮސް، ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި އެ ލޭންޑިން ކްރާފްޓްގައި ޖުމްލަ 10 މީހަކު ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު ސަލާމަތް ކުރި އިރު، ދެ މީހަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. ގެއްލިފައި ވަނީ ބިދޭސީ ދެ ފިރިހެނުންނެވެ.

ކޯސްޓްގާޑްގެ އުޅަނދެއް

މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ދިޔަވެގެން އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބެލި ނަމަވެސް، މިހާތަނަށް އެމީހުން ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި އެ ލޭންޑިން ކްރާފްޓްގައި ޖުމްލަ 10 މީހަކު ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު ސަލާމަތް ކުރި އިރު، ދެ މީހަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. ގެއްލިފައި ވަނީ ބިދޭސީ ދެ ފިރިހެނުންނެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އެމީހުން ހޯދުމަށް އެ ދުވަހުން ފެށިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން އެ ހިދުމަތުގެ އެއާ ކޯއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައި ވާއިރު، ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ކޯސްޓްގާޑުގެ ޑައިވަރުން، 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ،" 

އެ ހިދުމަތުން ވަނީ ގެއްލުނު ދެ މީހުންނާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެދިފަ އެވެ. އަދި އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ނަންބަރަށް ގުޅައިގެން މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.